ads
ކެނެރީ އަބްދުއްސައްތާރު' ފޮޓޯ: މިހާރު/ ނިޝާން އަލީ
ކެނެރީ އަބްދުއްސައްތާރާ ދިމާކުރުން ބަލައެއް ނުގަނެވޭނެ: ސުޒެއިން
ކެނެރީ އަބްދުއްސައްތާރަކީ، ކުޅިވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، ސިޔާސީ ބޭނުމެއްގައި ކެނެރީ އަބްދުއްސައްތާރާ ދިމާކުރުން ބަލައެއް ނުގަނެވޭނެ ކަމަށް މަޝްހޫރު ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ސުޒެއިން މިހެން ބުނެފައިވަނީ އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

ސުޒެއިން މިހެން ބުނީ، ކުރީގެ ރައީސް ޑރ. ވަހީދުގެ ދެމަފިރިކަނބަލުންނާއި އެމްޑީޕީ އެކްޓިވިސްޓަކު ދިމާކުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އަދި މިކަމާއި ގުޅިގެން ރައީސް ނަޝީދުގެ މައިންބަފައިންނާ ދިމާ ކުރާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

ކެނެރީ އަބްދުއްސައްތާރަކީ ރާއްޖޭގެ ކުޅިވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް، މި ޖީލުގެ ކްރިކެޓްގެ ބައްޕަ. އަދި ސިޔާސީ އެއްވެސް ކަމެއްގައި ހަރަކާތްތެރިވާ ބޭފުޅެއް ނޫން، ވަކި މީހަކަށް އޮތް ސިޔާސީ ހަސަދަވެރިކަމެއްގައި ސައްތާރާއި އަނބިކަނބަލުންގެ ފޮޓޯ ސޯޝަލް މީޑިއާގައި ހަނގާކުރުމަށް ބޭނުންކުރުމަކީ ދެރަވަރު ކަމެއް، މި ކަން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޙަސަން މަނިކާއި އެ މަނިކުފާނުގެ އަނބިކަނބަލުން ކަސްރަތަށް ނުކުންނަވައި އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް އެ ދެމަފަރިކަނބަލުންނަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވުމާއި އެކު ބައެއް ފަރާތްތަކުންވަނީ ރައީސް ނަޝީދުގެ ބައްޕާފުޅު، ކެނެރީ އަބްދުއްސައްތާރާއި މަންމާފުޅު އާބިދާ، ހެނދުނު ކަސްރަތަށް ނުކުންނަވާ އުޅެނިކޮށް ދިމާކުރާނެ ކަމަށް ބުނެފައެވެ. އަދި އެ ދެބޭފުޅުންނަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ހުތުރު ބަހުން ބައެއް ޕޯސްޓްތައްވެސް ކޮށްފައިވަނިކޮށް، ސުޒޭން ކުރި ޕޯސްޓެއްގައިވަނީ އެކަންކަމާއި ދެކޮޅު ހައްދަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް