ads
މަޖިލީހުގަ ހިނގި ހަމަނުޖެހުމުގައި ޝިޔާމް އަށް އަނިޔާވެފައި--- ފޮޓޯ: ސޯޝަލް މީޑިއާ
ޝިޔާމަށް ކުރި އަނިޔާއާ ގުޅޭ މައްސަލަ ބެލުމަށް ކޮމިޓީއިން ނިންމައިފި
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން އިއްވުމުން މަޖިލީހުގެ ތަޅުމުން އޭނާ ނެރުމުގައި ހިނގި ހަމަނުޖެހުންތަކާއި ބެހޭ މައްސަލައާއި ގުޅޭ ގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަ ބެލުމަށް ކޮމިޓީއިން ނިންމައިފިއެވެ.

އިމްތިޔާޒް އަދި ސުލޫކް ކޮޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުށައެޅިފައިވާ މައްސަލައާއި ގުޅޭ ގޮތުން ކޮމެޓީގެ ގިނަ މެންބަރުން ބަހުސްކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މިއީ ތަހުގީގުކުރަން މުހިންމު މައްސަލައެއް ކަމުގައެވެ. 

އަދި މި މައްސަލަ ތަހުގީގުކޮށް މައްސަލައާއި ބެހޭ ފުރިހަމަ ރިޕޯޓެއް އެކުލަވާލުމުގައި ސަބް ކޮމިޓީއެއް ހެދުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރައީ ހުށައަޅާފައިވާ ހުށައެޅުމަށް ގިނަ މެންބަރުން ތާއީދުކޮށްފައިވުމުން އެ ހުށައެޅުންވެސް ކޮމިޓީއިން ވަނީ ފާސްވެފަ އެވެ.

އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވީ މަކުނުދޫ ދާއިރާގެ މެންބަރުގެ ހުށައެޅުމުގައިވާ ގޮތުގެ މަތިން މި މައްސަލާގައިވާ ކަންތައްތައް ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ. އަދި ސަބް ކޮމެޓީއިން މިކަންކަން ދިރާސާ ކުރުމަށް ފަހު މައި ކޮމެޓީއަށް ގެނެސް ގޮތް ނިންމާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ހުށައެޅުން ފާސްވެފައި ވަނީ ހަތަރު މެންވަރުންގެ އަގުލަބިއްޔަތަކުންނެވެ. މި ހުށައެޅުމަށް ތާއީދުކޮށް ވޯޓް ދެއްވާފައި ވަނީ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއާއި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫންއާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުގެ އިތުރުން ގަމު ދާއިރާގެ މެންބަރު އަދި ކޮމިޓީގެ މުޤައްރިރުގެ ނައިބު މުޙައްމަދު ވިސާމްއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް