ads
ފޮޓޯ:މޯލްޑިވިއަން
އެކްސްޕްރެސް ކާގޯގެ ހިދުމަތް އަލުން ފަށައިފި
މޯލްޑިވިއަންގެ އެކްސްޕްރެސް ކާގޯގެ ހިދުމަތް އަލުން ފަށައިފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެކްސްޕްރެސް ކާގޯގެ އޮފިޝަލަކު ވިދާޅުވީ އެކްސްޕްރެސް ކާގޯގެ ހިދުމަތް އަލުން ފަށަން ނިންމީ، ލޮކްޑައުން އަށް ދިން ލުއިތަކާއި އެކު ޑޮމެސްޓިކް ފްލައިޓުތައް އަލުން ފެށުމުން ކަމަށެވެ. 

ހޯމަ ދުވަހުން ފެށިގެން އެ ހިދުމަތް ދެމުން އަންނަ އިރު، ޕެރިޝަބަލް ގުޑްސް ބަލައި ގަންނާނީ ހަމަ އެކަނި އެއާޕޯޓް ތަކުން ކަމަށާއި އެފަދަ މުދާ ހިފައިގެން އެއާޕޯޓަށް ދިއުމުން އެ މުދާ ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ، ނަން-ޕެރިޝަބަލް ގުޑްސް އައިފާނު ބިލްޑިންގައި ހުންނަ އެކްސްޕްރެސް ކާގޯގެ އޮފީހުން ބަލައިގަންނާނެ ކަމަށެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް 10 ކިލޯއަށް ވުރެ މަދު މުދާ ދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޮފީހުން އަވަހަށް ހަލާކުވާ ފަދަ ތަކެތި ބަލައި ނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކްސްޕްރެސް ކާގޯގެ އޮފީސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:30 އިން މެންދުރުފަހު 2:30 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. 

މޯލްޑިވިއަން އިން އެކްސްޕްރެސް ކާގޯގެ ހިދުމަތްތައް މެދުކަނޑާލާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޑޮމެސްޓިކް އެއާޕޯޓުތައް ބަންދުކުރުމާއި އެކު އެވެ. އެހެން ނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި ކަމާއި ބެހޭ ފަރާތްތަކުން ދިން ލުއިތަކާއި އެކު ޑޮމެސްޓިކް އެއާޕޯޓުތައް މިހާރު ވަނީ ހުޅުވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް