ads
ސުޕްރީމް ކޯޓު --
ސުޕްރީމް ކޯޓު ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދަނީ
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
Advertisement
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފައިވާއިރު އެ ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށްވެސް މީހަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް އެސިސްޓެންޓް ރަޖިސްޓްރާއެއް ހޯދުމަށް މިއަދު ވަނީ އިއުލާންކޮށްފައެވެ.

ޑީޖޭއޭއިން ބުނީ އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވާން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ޑީޖޭއޭއިން ބުނެފައިވެއެވެ.

އެ މަގާމަށް ކުރިމަތިލާ މީހަކީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުޕީރިއާ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ މީހެއްކަމުގައިވުމާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުނަރާއި ގާބިލުކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 23ވަނަ ދުވަހުގެ މެންދުރު 13:30ގެ ކުރިން ޑީޖޭއޭއަށް ހުށަހަޅަންޖެހޭނެއެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަށް މުސާރައާ އިނާޔަތްތަކާއި އެކު 36،360 ރުފިޔާ ލިބިގެންދާނެއެވެ. އެސިސްޓެންޓް ރަޖިސްޓްރާއަށް މުސާރައާ އިނާޔަތްތަކާއި އެކު 31،410 ރުފިޔާ ލިބިގެންދާނެއެވެ. ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް 26،620 ރުފިޔާ މުސާރައާ އިނާޔަތްތަކާއި އެކުގައި ލިބޭނެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;