މަރު ކޮމިޝަންގެ މެންބަރު އާދަމް މުހައްމަދު އިސްތިއުފާ ދެއްވައިފި
12 ޑިސެމްބަރ 2019 - 15:24:06
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ މެންބަރަކަށް ހުންނެވި އާދަމް މުހައްމަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފިއެވެ.

އާދަމް މުހައްމަދު އޭނާގެ އިސްތިއުފާ ހުށަހެޅުއްވީ މި މަހުގެ 8ވަނަ ދުވަހުއެވެ. އެ ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ ތިން މެންބަރުންނެވެ. އެއީ، މިސްބާހް އައްބާސް އާއި ފަރީޝާ އަބްދުﷲގެ އިތުރުން އަހްމަދު ނާޝިދެވެ.
އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރައްވާފައެވެ. އެހެންކަމުން އޭނާ ވަނޯ އެ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.
މަރު ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ބަލާފައިވަނީ ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. މި މައްސަލަތަކުގެ ތަހުގީގި ނިމިފައިވާއިރު މި ތިން މަރުގެ މޭސްތިރިންގެ ގޮތުގައި ތުހުމަތު ކުރެވޭ ހަރުކަށި ފިކުރުގެ ޖަމާއަތެއްގައި އިސްކޮށް އުޅޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.
މަރު ކޮމިޝަންގެ ދެ މަގާމެއް ހުސްވެފައިވާއިރު އެ ކޮމިޝަނަށް އާ ރައީސެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން އިއްޔެ ވަނީ ހާމަކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ ކޮމިޝަނަށް ރައީސެއްގެ ގޮތުގައި އައްޔަންކުރައްވާނެ ބޭފުޅެއް ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް