ads
ފަޅި ކޭތައެއް ހިފައިވާ ފޮޓޯއެއް
މާދަމާ ހިފަނީ "އަނގޮޓި ކޭތަ"، ރާއްޖެއަށް ފެންނާނީ އެއްފަޅި
މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނީ ފަޅިކޭތައެއްގެ ގޮތުގައި ކަމަށް ފަލަކީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.

ފަލަކީ އިލުމުވެރިންގެ ބަހުންނަމަ މި ކޭތައަށް ކިޔާ އުޅެނީ އެނިއުލަރ އެކްލިޕްސް ނުވަތަ އަނގޮޓި ކޭތައެކެވެ. 

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިކޭތަ އެންމެ ބޮޑަށް ފެންނާނީ އުތުރުގެ ރަށްރަށަށެވެ. ރާއްޖެއަށް ކޭތަ ހިފަން ފަށާނީ މާދަމާގެ ހެނދުނު 9:31 ގައި ކަމަށާއި އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ 10:51 ގައި ކަމަށް ފަލަކީ އިލްމުވެރިން ބުނެފައިވެއެވެ.

މިކޭތަ ފެންނާނީ ދެކުނު ޕެސިފިކްގެ ޖަޒީރާ ޤައުމުތަކަށާއި އިރުމަތީ އޭޝިޔާ އާއި ދެކުނު އޭޝިއާ އަދި މެދުއިރުމައްޗާއި، އެފްރިކާ ބައްރުގެ ޤައުމުތަކަށް ކަމުގައި އެބޭފުޅުން ވިދާޅުވެފައިވެއެވެ. އަދި ޔޫރަޕާއި އެމެރިކާ ބައްރަށް ކޭތަ ނުފެންނާނެ ކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފައިވަނީ، ރާއްޖެއަށް ކޭތަ ފެންނަ އެހެން ފަހަރުތަކެކޭ އެއްގޮތަށް މާދަމާވެސް މިސްކިތްތަކުގެ ކޭތަ ނަމާދު ކުރާނެ ކަމަށެވެ. މިގޮތުން މާދަމާގެ ކޭތަ ނަމާދު ކުރާނީ، ކޮވިޑް-19ގެ ހާލަތަށް ދިން ލުއިތަކުގެ ތެރެއިން ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައިވާ ރަށްރަށުގައި ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މި އިރުކޭތައިގެ އިތުރުން މިއަހަރުގެ ޑިސެންބަރ މަހުގެ 14 ވަނަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާނެއެވެ. އެހެންނަމަވެސް އެ އިރުކޭތަ ފެންނާނީ ހަމައެކަނި ދެކުނު އެމެރިކާގެ ގައުމުތައް ކަމުގައިވާ އާޖެންޓީނާ އާއި ޗިލީއަށް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް