ads
މާލެ ފިޔަވައި ހުރިހާ ރަށެއްގައި ހެނދުނު ކޭތަ ނަމާދު އޮންނާނެ
މާދަމާ ހިފާ އިރުކޭތައާ ގުޅިގެން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އެ އިރުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މާދަމާ ހެނދުނު 09:39 ގައި ކަމަށާއި އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، ހެނދުނު 10:51 ގައި ކަމަށެވެ. 

އިރުކޭތަ ވީއްލާނީ މެންދުރު 12:14 ގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި އެ ކޭތަ ހަމަލޮލަށް އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ޝީޓު ފަދަ ހުރަހެއް ބޭނުންކޮށްގެން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަން ހެނދުނު 10:30 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލުތަކަށް އަންގާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޭތަ ނަމާދު ނުކުރަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން އަދިވެސް މަނާވުމާއި ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް