ads
އޭސީޕީ ފައިރޫޝް--
މަގުތައް މައްޗަށް އެއްނުވެ ހިޔާލު ފާޅުކުރޭ: ފައިރޫޝް
ހިޔާލު ފާޅުކުރުުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިފައި ވީނަމަވެސް މި ހައްސާސް ދަނޑިވަޅުގައި ހިޔާލު ފާލުކުރުމަށް މަގުތައް މައްޗަށް ނުނިކުތުމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، ޑރ. އަބްދުﷲ ފައިރޫޝް އިލްތިމާސްކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި މިއަދު ހިނގި ދެ މުޒާހަރާއާއި ގުޅިގެން ފައިރޫޝް ކޮށްފައިވާ ޓްވީޓުގައި ވަނީ މި ދަނޑިވަޅުގައި މަގުތައް މައްޗަށް ނިކުމެ ހިޔާލުފާޅުކުރުން ނޫން ގޮތަކަށް އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ މި ދަނޑިވަޅުގައި އެއްވުންތައް ނުބޭއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގަންފަ އެވެ.

ފައިރޫޝް ވަނީ ތިން މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.

"ގައުމު މިއޮތީ ބަލިމަޑުކަމެއްގެ ތެރޭގައި. މިއީ މަގުތައް މައްޗަށް މީހުން އެއްވާންވީ ވަގުތު ނޫން. އެހެންވީމާ ތިން މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށް އެދެން. މިހާލަތުގައި ހިޔާލުފާޅުކޮށް ބަޔަކަށް ނުވަތަ ކަަމަކަށް އެއްބާރުލުން ދޭން އެދޭ ނަމަ އެއްވުމުގެ ބަދަލުގައި އެހެން ގޮތް ގޮތް ހޯދުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދެން." ފައިރޫޝް ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މިއަދު މަޖިލިސް ކައިރީގައި ދެ މުޒާހަރާއެއް ކުރިޔަށް ދިޔަ އެވެ. އެއް މުޒާހަރާއަކީ "މަޖިލީސް ހޭލައްވާ" ގެ ނަމުގައި ސިޔާސީ އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުމަށް މަސައްކަތްކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައި ޖަމާއަތުން މަޖީލީހުގެ އިދާރާ ކައިރީގައި ކުރިޔަށް ގެންދިޔަ މުޒާހަރާ އެކެވެ.

އަނެއް މުޒާހަރާއަކީ ފުލުހުންގެ އިދާރާ ރިފޯމް ކުރުމަށް ހުށަހަޅާފައިވާ ފުލުހުންގެ ބިލާއި ދެކޮޅަށް އިދިކޮޅު ސަޕޯޓަރުން ކުރިޔަށް ގެންދިޔަ މުޒާހަރާއެކެވެ. މި ދެ މުޒާހަރާގެ ބައިވެރިން ވެސް އިއުތިޖާޖް ކޮށްފައިވަނީ މާސްއަޅައިގެން ތިބެ އެވެ. 

މިއަދު އެ އެއްވުން ބާއްވާނެކަން މިދިޔަ ހަފްތާގެ ތެރޭގައި ނަވާނަވައި ޖަމިއްޔާއިން އެންގުމާއި އެކު ވެސް ފުލުހުން ވަނީ ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައި ވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް