ads
އެއްމާބަނޑު ތިން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
މެކްސިކޯގައި އަންހެނަކު ވިހޭ އެއްމާބަނޑު ތިން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ މެކްސިކޯގައި ވިހޭ އެއްމާބަނޑު ތިން ކުދިންގެ ގައިން ކޮވިޑް-19 ފެނިފައިވާ ކަމަށާއި މިފަދަ ކަމެއް ކުރިން ދިމާވެފައި ނުވާ ކަމަށް އެ ގައުމުގެ ސިއްހީ ދާއީރާއާގެ އޮޮފިޝަލުންނާއި ހަވާލާދީ މީޑިއާ ތަކުން ބުނެ އެވެ.

އެ ބަލި އެ ތިން ކުދިންގެ ގަޔަށް އަރާފައި ވަނީ ކިހިނެއްތޯ އެ ގައުމުގެ ސިއްހީ މާހިރުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. އެގޮތުން، ވައިރަސް އެރީ މަންމަގެ ބަނޑުގައި އޮއްވާތޯ ވެސް މި ތަހުގީގުގައި ދަނީ ބަލަމުންނެވެ.

އެގޮތުން އެ ތިން ކުދިންގެ މަންމަ އާއި ބައްޕަ މިހާރު ވައިރަހަށް ޓެސްޓު ކުރަމުން އަންނައިރު އެ ދެ މީހުންގެ ގައިންވެސް ވައިރަހުގެ އަލާމާތް ފެންނަން ނެތް ކަމަށް ވެސް ބުނެ އެވެ. 

މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، އެ އަންހެން މީހާ ވިހޭ ތިން ކުދިންގެ ތެރޭގައި ހިމެނޭ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ހާލު ސްޓޭބަލް އެވެ. އެކަމަކު އަނެއް ފިރިހެން ކުއްޖާއަށް ނޭވާލުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް ބުނެ އެވެ.

މެކްސިކޯ އަކީ ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ދެ ވަނަ ގައުމެވެ. އެ ގައުމުގައި ވައިރަސް ފެތުރެން ފެށީއްސުރެ މިހާތަނަށް އައި އިރު 185،000 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 22،584 މީހުން ވަނީ ބަލީގެ ސަބަބުން މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް