ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއަހަރުގެ ތެރޭގައި ނޭކުރެންދޫ ޖަލުގެ މަސައްކަތް ފެށޭނެ: މިނިސްޓަރު އިމްރާން
ހދ. ނޭކުރެންދޫ ޖަލުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިނިސްޓަރު އިމްރާނާއި ސުވާލު ކޮށްފައިވަނީ ހދ. ނޭކުރަންދޫގައި އަޅާ ޖަލުގެ މަސައްކަތް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ އާއި އަދި މިކަމުގެ އަމަލީ މަސައްކަތް ފެށޭނީ ކިހާހިސާބެއްގައިތޯ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލު އަޅާނެ ސަރަހައްދެއް ކަނޑައަޅައި، އެންވަޔަރްމެންޓް އެސެސްމެންްޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މިއަހަރުބަޔަކާ ހަވާލު ކުރުމަށް ހުޅުވާލި ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް މަޑުޖައްސާލަން ޖެހުނީ ކޮވީޑް19 ގެ ކަންކަމާއި ގުޅިގެންކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވި އެވެ. 

ކޮވިޑް19 ގެ ސަބަބުން މަޝްރޫއު އަލުން މުރާޖައާ ކުރަން ޖެހިފައިވާކަބް ފާހަގަކޮށް މިނިސްޓަރު އިމްރާން ވިދާޅުވީ، ބަޖެޓުގެ ކެރިފޯރުންތެެރިކަން ހުރި މިންވަރަކުން މަސައްކަތް މި އަހަރު ފެށޭތޯ ބަލާނެ ކަމަށެވެ. 

މިނިސްޓަރު އިމްރާން ވިދާޅުވީ ޕްލޭން ކުރަމުން ދަނީ ނޭކުރެންދޫ ޖަލަކީ މަސައްކަތްތެރިކަމަށް ވަރަށް ބޮޑަށް އަހުލުވެރި ކުރެވި، މަސައްކަތްކޮށްގެން ގައިދީންނަަަށް އާމްދަނީ ވެސް ލިބޭ ފަދަ ގޮތަކަށް ބައްޓަން ކުރެވޭ ޖަލަކަށް ހެދުމަށްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް