ads
ކުއްޖެއް ފިލްމެއް ބަލަމުން ދަނިކޮށް
އިންޓަނެޓް މެދުވެރިކޮށް ދަރިން ކުރާ ކަންކަން ބެލުމުގައި އިތުރަށް ސަމާލުވޭ: ކޮމިޔުނިކޭޝަން މިނިސްޓްރީ
ކުޑަކުދިން އިންޓަނެޓްގައި ހޭދަކުރާ ވަގުތުތަކުގައި އެކުދިން ބަލާ ކޮންޓެންޓަކީ އުމުރާއި ގުޅޭ ތަކެތިކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން އިން ބެލެނިވެރިނަށް އިލްތިމާސްކޮށްފި އެވެ.
Advertisement

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށްޓަކައި އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުން ގައިދުރުކުރުމަށާއި ގޭގައި މަޑުކުރުމަށް ފުރަބަންދު ކުރެވުމާއި އެކު، ގިނަ ބަޔަކު ގޭގައި ތިބެގެން ތަފާތު ވީޑިއޯތަކާއި ފިލްމުތައް ބަލަމުންދާ ކަމަށެވެ. އަދި އިންޓަނެޓް ލިބޭ ވަސީލަތްތައް ކުދިން އަތަށް ދޫކޮށްލާއިރު ސަމާލުވަން ޖެހޭނެ ކަމަށާއި އެކުއްޖެއް އެބަލާ ކޮންޓެންޓަކީ އުމުރާއި ގުޅޭ އެއްޗެއްކަން ކަށަވަރުކޮށް ސަމާލުވުމަށް މިނިސްޓްރީ އިން ގޮވާލާފައިވެ އެވެ.

އެގޮތުން އިންޓަނެޓަކީ ވަރަށް ގިނަ ފުރުސަތުތައް ފަހިކޮށްދޭ ވަސީލަތަކަށް ވާއިރު އެ ވަސީލަތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފިނަމަ ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް މިިނިސްޓްރީ އިން ބުނެފައިވެ އެވެ. އަދި ދަރިން އިންޓަނެޓްގައި ހޭދަކުރާ ވަގުތުގައި އެކުދިން ކުރާ ކަންކަން ބެލުމުގައި ބެލެނިވެރިން އިތުރަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރެ އެވެ. 

އޭގެ އިތުރުން ޔޫޓިއުބުގައި ހުންނަ ޗެނަލްތަކުގައި ކުޑަކުދިން ގަޔާވާ ކާޓޫން ކެރެކްޓާ ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ޗެނަލްތައް އިތުރުވަމުންދާ ކަމަށާއި އެފަދަ ޗެނަލްތަކުގައި އިސްލާމްދީނުގެ އިޖުތިމާއީ މިންގަނޑާ ހިލާފު އަދި ކުޑަކުދިންގެ އުމުރާ ނުގުޅޭ ކަންކަން ހިމަނާފައި ހުންނަ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އާއްމުންގެ މެދުގައި މަގުބޫލުވަމުން އަންނަ، ގިނަ މީހުން ބައިވެރިވެގެން ގޭމްތައް ކުޅުމަށް، ޑިވައިސްތައް ދޫކޮށްލުމުގައި އިތުރަށް ސަމާލުވުމަށް ދިނުމަށް ވެސް މިނިސްޓްރީ އިން އިލްތިމާސްކޮށްފައިވެ އެވެ.

ކުދިންނަށް އިންޓަނެޓްގެ ޒަރިއްޔާއިން ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ގޭމް ކުޅުމަށް ވަކި ވަގުތެއް ކަނޑައަޅައި ސްކްރީން ޓައިމް ލިމިޓްކުރުމުގެ އިތުރުން ބެލެނިވެރިން ތިބޭ ތަންތަނުގައި ގޭމްކުޅުމަށް ފުރުސަތު ދެވިދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިންޓަނެޓް ބޭނުންކޮށްގެން ކުޅޭ ގިނަ ގޭމްތަކެއް މިހާރު ތުއްތު ކުދިން ކުޅެމުންދާކަން ފާހަގަކުރެވެއެވެ. އެގޮތަށް ކުޅޭ ގޭމްތަކަކީ ގިނަ ބަޔަކު ބައިވަރިކޮށްގެން ކުޅޭ ގޭމްތަކެވެ. މި ގޭމްތައް ކުޅުމުގެ ތެރޭގައި ބައިވެރިންގެ މެދުގައި މުއާމަލާތްކުރަން ވޮއިސް ޗެޓް ހިމަނާފައިވެއެވެ. އެގޮތަށް ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު މޮބައިލް ގޭމްއަކީ ފޯޓް ނައިޓާއި ޕަބްޖީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް