ads
އާ ސީޕްލޭން ޓާމިނަލް-- ފޮޓޯ: އެމްއޭސީއެލް
ސީ ޕްލޭން ޓާމިނަލް ހިންގަން އެމްއޭސީއެލްއަށް ދިނުމުން ފައިދާ ބޮޑު: އޮޑިޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާ ގުޅިގެން ހެދި އޮޑިޓުގައި އެތަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)، އަށް ހިންގަން ދިނުމަކީ ދައުލަތަށް އެންމެ ފައިދާ ލިބޭނެ ގޮތްކަމަށް ލަފާދީފައިވާކަން އެނގިއްޖެ އެވެ.
Advertisement
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާ ގުޅިގެން ހެދި އޮޑިޓުގައި އެތަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)، އަށް ހިންގަން ދިނުމަކީ ދައުލަތަށް އެންމެ ފައިދާ ލިބޭނެ ގޮތްކަމަށް ލަފާދީފައިވާކަން އެނގިއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން އުޅޭކަމުގެ އަޑުތައް މިދޭތެރެއިން ގަދަވި އެވެ. އެ އަޑުތަކާއެކު ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ފަރާތްތައް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަން ފެށިއިރު އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ބަލަން ފަށާފަ އެވެ. އަދި އެކަމުގެ އޮޑިޓެއް ހަދައިދޭން ވެސް އެކޮމިޓީން އެދުނެވެ.

އެކަމުގެ އޮޑިޓްކޮށް އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު މާލިއްޔަތު ކޮމިޓީއަށް ފޮނުވި އޮޑިޓް ރިޕޯޓް އަދި ހާމަނުކުރިނަމަވެސް އެނގިފައިވާ ގޮތުގައި އާ ސީޕްލޭން ހިންގިދާނެ ގޮތްތަކެއް އޮޑިޓާ ޖެނަރަލް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެންމެ ފައިދާ ބޮޑު ގޮތަކީ އޮޑިޓާ ޖެނަރަލް ލަފާ ދެއްވަނީ އެމްއޭސީއެލުން އެތަން ހިންގުމެވެ.

ސީޕްލޭން އޮޕަރޭޓް ކުރާ ފަރާތްތަކުން އާ ޓާމިނަލް ހަމައެކަނި ޓީއެމްއޭއަށް ދޭން ދެކޮޅު ހަދަނީ އޭރުން އެކުންފުންޏަށް މާފައިދާ ބޮޑުވާނެތީ އެވެ.

އެމްއޭސީއެލުން ބުނާ ގޮތުގައި ކުންފުނީގެ ވިސްނުން ހުރީ އެތަން ން ހުރިހާ އޮޕަރޭޓަރުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތް ހެދުމަށެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލުން 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ ޓާމިނަލަކެވެ.

ސީޕްލޭން ޓާމިނަލް ގެ އަމަލީ މަސައްކަތް މި އަހަރުގެ ޖެނުއަރީ 29 ގައި ފެށިއިރު އެ ތަނުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. 14000 އަކަ ފޫޓު ހުންނަ އެ ޓާމިނަލް ގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އާ އެވެ.

ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ސީޕްލޭން ދުއްވާ ކުންފުނިތަށް ބިން ކުއްޔަށް ދީގެން، އެމީހުން އަމިއްލައަށެވެ.

އާ ސީޕްލޭން ޓާމިނަލް ގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް