
ހޮލީވުޑްގެ ނޫސްތަކުން ބުނާ ގޮތުން އެމާ ބަލިވެއިނީ އޭނާގެ ލޯބިވެރިޔާ ގެރެޓް ހެޑްލަންޑްގެ ދަރިއަކަށެވެ.
އެމާ ބަލިވެ އިންކަން ކަށަވަރުކޮށްދީފައި ވަނީ އޭނާގެ މަންމަ ކަމަށް ނޫސްތަކުން ބުނެއެވެ.
އެމާ ރޮބާޓްސް އާއި ގެރެޓް ހެޑްލަންޑް
އެގޮތުން އެމާގެ ފޭނުން އޭނާގެ މަންމަ އަށް މަރުހަބާ ކިއުމުން މަންމަ ޝުކުރު އަދާކޮށްފައި ވާކަމަށާއި އަދި އެމާ ބަނޑުބޮޑުތޯ އެހުމުން ބަނޑުބޮޑުކަމަށް މަންމަ އެއްބަސްވެފައި ވާކަމަށް ނޫސްތަކުން ބުނެއެވެ.
އެމާ އާއި ގެރެޓް އަށް ދަރިއަކު ލިބޭ ކަމަށް ހަބަރުތައް ފެތުރެން ފަށާފައި މިވަނީ އެ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަތައް ދެކެވެން ފެށިތާ ގާތްގަނޑަކަށް އެއް އަހަރުވެފައި ވަނިކޮށެވެ.
އެމާ ވަނީ މީގެ ކުރިން ފަސް އަހަރު ދުވަސް ވަންދެން އީވަންސް ޕިޓާސް އާއި ރައްޓެހިވެގެން އުޅެފަ އެވެ. އެ ދެ ތަރިން ރުޅިވެފައި ވަނީ އެންގޭޖުވެގެން އުޅުމަށް ފަހުގަ އެވެ.