އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެމްބަރެއްގެ އިތުރުން، އިތުރު ބަޔަކާއި އެކު ރައީސް ގައިދުރުކަމެއް ނެތި ރިސޯޓެއްގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ ހަބަރާއި ގުޅިގެން ހޫދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ފޮޓޮއިން ފެންނަނީ ރައީސް ސޯލިހް ނޫން ކަމަށެވެ. އަދި ކޮވިޑް19 ގެ ކަންކަން ފެށުނު ފަހުން ރައީސް އުޅުއްވާފައިވަނީ މާލޭގައި ކަމަށް ހޫދްގެ ޓްވީޓްގައި ވެއެވެ.
މީގެ އިތުރުން ހޫދް ބުނެފައިވަނީ އެކަން އެ ނޫހަށް ސާފުކޮށްދިނުމުން ވެސް އެކަން ރަނގަޅު ކޮށްފައިނުވާކަމަށެވެ.