ads
މަންދު ކޮލެޖު---
މިއީ ދުނިޔޭގައި ބޭއްވުނު ފުރަތަމަ ވާޗުއަލް އިމްތިހާނު: މަންދު ކޮލެޖު
މަންދު ކޮލެޖުގެ މިއަހަރުގެ ފުރަތަމަ ސެމިސްޓާގެ އިމްތިހާނު، ވާޗުއަލް ސިސްޓަމް މެދުވެރިކޮށް ބާއްވައިފި އެވެ.

އެ ކޮލެޖުން ބުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުން މުއްދަތުގައި ވެސް އެކޮލެޖުން އިމްތިހާނުތައް ބާއްވާފައި މިވަނީ އެކޮލެޖުން ފަރުމާކޮށް ހިންގާ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް ކަމަށެވެ. އެގޮތުން އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވެސް އިމްތިހާނު ހެދީ ގޭގައި ތިބެގެން ކަމަށެވެ.

ކޮލެޖްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ލޮކްޑައުންއާ ގުޅިގެން އެ ކޮލެޖަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ކަނޑައެޅިފައިވާ މުއްދަތުގައި ސެމެސްޓާ ގެ އިމްތިހާންތައް ބޭއްވުން ކަމަށެވެ.

އެ ކޮލެޖުން ވާޗުއަލްކޮށް ކިޔަވައިދޭތާ 6 އަހަރުވެފައިވީ ނަމަވެސް މިއީ ދަރިވަރުން އިމްތިހާން މަރުކަޒުތަކަށް ހާޒިރުނުވެ އިމްތިހާނު ހެދި ފުރަތަމަ ފަހަރެވެ. ނަމަވެސް މިފަހަރު އެގޮތަށް އިމްތިހާން ބޭއްވެން ނެތުމާއެކު، އާގޮތެއް ފަރުމާ ކުރަން މަޖުބޫރުވީ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ގޮންޖެހުންތަކާއެކު ވާޗުއަލް ނިޒާމުގެ ތެރެއިން ބޭއްވި ފުރަތަމަ އިމްތިހާނު ކާމިޔާބު ކަމަށެެވެ. އެގޮތުން އެ ނިޒާމު ފަރުމާކޮށްފައި ވަނީ ކޮންމެ ކުއްޖަކުވެސް އިމްތިހާން ހަދަން އިންނަތަން އިމްތިހާނު ބަލަހައްޓާ މީހުންނަށް އަބަދުވެސް ފެންނާނެ ގޮތަށް ކަމަށާއި، އިމްތިހާނެއްގައި ހުންނާންޖެހޭ ހުރިހާ ސެކިއުރިޓީ ކަންކަން ވަނީ ފުރިހަމަ ކުރެވިފައި ކަމަށް ވެސް ވިދާޅުވި އެވެ. 

މިއީ އެގޮތަށް ފުޅާ ދާއިރާއެއްގައި ދުނިޔޭގައި ވެސް ބޭއްވުނު ފުރަތަމަ އިމްތިހާނުކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ކޮލެޖުން ބުނެ އެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އޮބްޒާވް ކުރެއްވުމަށް ދައުވަތު ދީގެން ބޭއްވި އެ އިމްތިހާނުގައި ރާއްޖޭގެ 961 ރަށުން ދަރިވަރުން ބައިވެރިވި ކަމަށް ވެސް ކޮލެޖުން ވަނީ ބުނެފަ އެވެ. 

"މިހާތަނަށް ކޮންމެ ސެމެސްޓާއެއްގައި ވެސް އިމްތިހާން ހަދަން ދަރިވަރުންނަށް އެހެން ރަށަކަށް ދަތުރުކުރަން ޖެހޭ. ނަމަވެސް އަލަށް މި ތައާރަފް ކުރެވުނު އިމްތިހާނުގެ ނިޒާމާއެކު، ދަރިވަރުން ކިޔަވާނީވެސް، އިމްތިހާން ހަދާނީވެސް ރަށުގައި ތިބެގެން. ދަތުރުކުރަން ޖެހޭނީ ހަމައެކަނި ގްރެޖުއޭޝަނަށް،" ކޮލެޖްގެ އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރެމުންދިޔައިރު ވެސް މަންދު ކޮލެޖުން ވަނީ ހުއްޓުމެއް ނެތި ކިޔެވުން ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދަރިވަރުންނާއި ލެކްޗަރައިން ގޭގައި ތިބެގެން، ބަރާބަރަށް ކްލާސްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކޮލެޖުން ބުނެ އެވެ. އަދި އެ ކޮލެޖުން އަލަށް ފަރުމާކުރި "ވާކް ފްރޮމް ހޯމް" ގެ ނިޒާމް ބޭނުންކޮށްގެން، ދަރިވަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދީފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް