މިދިޔަ ހޯމަ ދުވަހު އިންޑިއާ ސަރުކާރުން ނެރެނު ބަޔާނެއްގައި ބުނީ ގިނަ އެޕްތަކެއް ބޭން ކޮށްފައިވަނީ މި އެޕްތަކުން ގައުމުގެ ސެކިއުރިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން ކަމަށެވެ.
އެޕްތައް ބޭންކުރިއިރު އިންޑިއާ އާއި ޗައިނާގެ ބޯޑަރު މައްސަލަ ހައްލުކުރުމަށް އެ ދެގައުމުގެ އަސްކަރީ ކޮމާންޑަރުންގެ މެދުގައި މީގެ ތިން ދުވަސްކުރިން ވަނީ ވާހަކަ ދެކެވިފަ އެވެ.
ގައުމުގެ ސަލާމަތަށް އޮތް ނުރައްކާ ބޮޑުވެދާނެ ކަމަށް ބަލާއި ގިން އެޕްތަކެެއް ބޭންކުރިއިރު ޓިކްޓޮކްއަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި މަގްބޫލު އެޕެކެވެ. އަދި ފިލްމީ ތަރިން ވެސް ވަރަށް ފޯރީގައި ބޭނުންކުރަމުންދާ އެޕެކެވެ.
ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކާއެކު ޖޫން 15 ގައި މަރުވި 20 އިންޑިއާ ސިފައިންގެ މަރާއި ގުޅިގެން އިންޑިޔާއާއި ޗައިނާގެ ދެމެދު ވަނީ އިތުރަށް މައްްސަލަ ގޯސްވެފަ އެވެ.