މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެ އިދާރާއަށް ހުށައަޅާފައި ވަނީ ޖުލައި އެއް ވަނަ ދުވަހު ކަމަށެވެ.
އެގޮތުން އެ ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ މެދު އުތުރު ރަށްތައް ކަމަށްވާ ކ. އއ. އދ. އަދި ވ އަތޮޅުގެ ރަށެއްގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކުއްޖާ ރޭޕްކުރީ އިތުރުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ އެއިދާރާއިން ދަަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ގިނަ މައްލަތަކެއް ފެންމަތިވެފައި ވާއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ދެ ކުޑަ ކުއްޖަކު ވަނީ ބަލިވެ އިނދެފަ އެވެ. އަދިި ކުޑަ ދެކުދިން ރޭޕް ކުރި ދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކުޑަކުދިން އާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓިޓީ ރައްކާތެރިކުރުމަށް ކުއްޖާ ނުވަތަ، މައްސަލަ ހުށައަޅާ އަތޮޅާއި ރަށް ފުލުހުން ހާމަ އެއް ނުކުރެ އެވެ.