ފުލުހުން ބުނީ 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ކަމަށް ވެސް ބުނެ އެވެ.
އެ މައްސަލަ، ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގެ ގޮތުގައި އެ އިދާރާގެ ކްރައިމް އަގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓުގެ ތަހުގީގު ޓީމަކުން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށް ބުނެފަ އެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް އެ އިދާރާއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.