ads
ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަނެއް ކުރިން
ކޮވިޑަށް ޓެސްޓެއް ނުކުރޭ- ގައުމީ ޓީމް ޕްރެކްޓިސް ފަށައިފި
ގައުމީ ޓީމުގެ ޕްރެކްޓިސް ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހެނދުނު ފަށައިފިއެވެ. ޓީމުގެ ޕްރެކްޓިސް މިއަދު ހެނދުނު ފެށިއިރު އެންމެ ކުޅުންތެރިއެއް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިވިއެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ހެނދުނު ރަސްމީ ބޯޅަ ދަނޑުގައި ފެށިއިރު، ގައުމީ ޓީމަށް ދެން އެންމެ އަވަހަށް ކުޅެން އޮންނާނީ އޮކްޓޫބަރާއި ނޮވެމްބަރު މަހުގައި އޮތް ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ފެށިއިރު، ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓު ކުރަން މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމުން ކުރިން ބުނި ނަމަވެސް ކޮވިޑަށް ޓެސްޓެއް ނުކުރެއެވެ. އެހެންނަމަވެސް އެޗްޕީއޭގެ އިރުޝާދުގެ މަތިން ކުޅުންތެރިންގެ ސިއްހީ ހާލަތު މޮނިޓާ ކުރިއެވެ. 

ގައުމީ ޓީމު ޕްރެކްޓިސް ކުރަނީ އޮކްޓޫބަރުގައި ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗާއި ނޮވެމްބަރު މަހު ފިލިޕީންސާ ބައްދަލުކުރާ މެޗަށެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ފެށިއިރު، ނިއު ނޯމަލްގެ ތެރެއިން ފުޓްބޯޅައިގެ ޕްރެކްޓިހާ ކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް އެފްއޭއެމުން ވަނީ ކުރިން ތައްޔާރުކޮށްފަ އެވެ. 

މިއަދުގެ ޕްރެކްޓިހުގައި ބައިވެރިނުވާ ހަމަ އެކަނި ކުޅުންތެރިޔާ ބައިވެރިނުވީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުޅުންތެރިޔާ ދިރިއުޅޭ އިމާރާތުގައި އުޅޭ އެހެން މީހަކު ކޮވިޑަށް ޕޮސިޓީވްވެފައިވާތީ އެ އިމާރާތް މޮނިޓަރިންގެ ހާލަތުގައި ހުރުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް