ads
މެކްސިކޯ
މެކްސިކޯގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 30،000 އަށްވުރެ މައްޗަށް އަރައިފި
ހަލުވުކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މެކްސިކޯގައި މަރުވި މީހުންގެ އަދަދު 30،366 އަށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ.

ހޮނިހިރު ދުވަހު 523 އިތުރު މީހަކު އެ ބަލީގައި މަރުވެ، މެކްސިކޯގައި މަރުވި މީހުންގެ އަދަދު ވަނީ 30،366 އަށް އަރާފަ އެވެ. އަދި މެކްސިކޯ މިހާރު ވަނީ ދުނިޔޭގައި ކޮވިޑުގައި މަރުވި މީހުންގެ ތެރެއިން ފަސް ވަނަ އަށް އެންމެ ގިނަ މަރު ރިކޯޑު ކުރެވިފައިވާ ގައުމަށް ވެފައެވެ.

މެކްސިކޯގައި ދުވާލެއްގެ މައްޗަށް 6،914 މީހުންނަށް ބަލި ޖެހޭކަމަށް ރިކޯޑު ކުރެވިފައިވާއިރު އެ ބަލި މިހާތަނަށް 252،165 މީހަކަށް ޖެހިފައިވެ އެވެ. އަދި އެ ބައްޔަށް ޓެސްޓު ކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ބަލި ޖެހުނު މީހުންގެ އަސްލު އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާރު ލެޓިން އެމެރިކާގައި ކޮވިޑްގައި މަރުވި މީހުންގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ މަރު ރިކޯޑު ކުރެވިފައިވާ ގައުމަކީ މެކްސިކޯ އެވެ.

މެކްސިކޯގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ސަރުކާރުން ވަނީ މޭމަހު އުވާލާފަ އެވެ.

އެގޮތުން ޖޫން މަހުގެ މެދު ތެރޭގައި މެކްސިކޯ ސިޓީގެ ކާރުހާނާ ތަކުގައި މަސައްކަތް ކުރަމުންދާ މީހުން ވަނީ ވަޒީފާތަކަށް އެނބުރި ގޮސްފައެވެ. އަދި ޖުލައި މަސް ފެށުމާއެކު ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ މެކްސިކޯ ސިޓީގައި ބައެއް ވިޔަފާރިތައް ފެށުމުގެ ހުއްދަ ވަނީ ދީފައެވެ.

ހުކުރު ދުވަހު މެކްސިކޯގެ ޑެޕިއުޓީ ހެލްތް މިނިސްޓަރު ހޫގޯ ލޮޕޭޒް-ގަޓެލް ވިދާޅުވީ ގައުމުގެ އިގްތިސާދު ހުޅުވުން އަވަސްކުރުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް