ads
މާފަރު އެއާޕޯޓްގެ ކޮވިޑް-19 އަށް ޓެސްޓުކުރާ ލެބް/ފޮޓޯ:އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން
މާފަރު އެއާޕޯޓްގެ ކޮވިޑް-19 އަށް ޓެސްޓުކުރާ ލެބު ގާއިމްކޮށް ނިންމާލައިފި
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓުކުރާ ލެބް ގާއިމްކޮށް ނިންމާލައިފި އެވެ.
Advertisement

އެ އެއާޕޯޓްގައި  ސޮނޭވާ ޖާނީ ހިންގާ ސޮނޭވާ ގްރޫޕުން ގާއިމްކުރާ އެ ލެބްގެ މަސައްކަތް ކުރުމާއި ހަވާލުކޮށްފައިވާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ލެބް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލުމށް ނަގާފައިވަނީ 30 ދުވަހެވެ.  

ސޮނެވާ ކުންފުނީގެ ހަރަދުގައި ހަދާ އެ ލެބަށް ބޭނުންވާ މެޝިނަރީ ހޯދުމާއި، ބޭނުންވާ ހުއްދަތައް ސަރުކާރުގެ އިދާރާތަކުން ހޯދުމުގެ މަސައްކަތްވެސް ކޮށްފައި ވަނީ އެ ކުންފުނިން ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފަ އެވެ. 

މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ހައި އެންޑް ރިސޯޓުތައް އޮންނަ ސަރަހައްދަކަށް ވުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ލެބު ބޭނުން ކުރެވޭނެ ކަަމަށް ވެސް  ރިޒްވީ ވަނީ ވިދާޅުވެފަ އެވެ.

މި ލެބަކީ އެ އާޕޯޓަށް ދަތުރުކުރާ ޓުއަރިސްޓުން ކޮވިޑަށް ޓެސްޓު ކުރަން ހަދާ ލެބެއް ކަމުން އެ އެއާޕޯޓަށް ދަތުރުކުރާ ހުރިހާ ޓޫރިސްޓުންވެސް އެތަނުން ނުކުންނާނީ ކޮވިޑަށް ޓެސްޓުކޮށްފައި ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ފަތުރުވެރިންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.  

ނިއު ނޯމަލްގެ ދުވަސްތައް ފަށާއިރު، މާފަރު އެއާޕޯޓުން، އިންޓަނޭޝަނަލް އެއާޕޯޓަކުން ލިބޭ ހިދުމަތްތަކާ އެކު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެއާޕޯޓުން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހިދުމަތްދޭން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މާފަރު އެއާޕޯޓް ތަރައްގީކޮށްފައި ވަނީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް