ads
ރާއްޖެ އިސްތިހާރު ކުރުމަށް ދިވެހި ފަންނާނުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކޮށްފި
ދިވެހިރާއްޖެ އިސްތިހާރު ކުރުމުގައި ދިވެހި ފަންނާނުންގެ ބައިވެރިވުން އިތުރުކޮށް، ދިވެހީންގެ ސަގާފީ ތަރިކަ އިތުރަށް ދެއްކުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އަދި މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން މަޝްވަރާ ކޮށްފިއެވެ.
Advertisement

މި ބައްދަލުވުމުގައި މިނިސްޓަރު ޔުމްނާ މައުމޫނާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދުގެ އިތުރުން އެހެނިހެން އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. 

ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ފަންނުވެރިންގެ މަސައްކަތްތަކުން ރާއްޖެ ޕްރޮމޯޓް ކުރުމަށް ބޭނުން ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރިތައް ހުރި ރަށްރަށުގެ ތާރީހީ ތަންތަން ގެސްޓުންނަށް ވެސް ފެނިގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. 

މީގެ އިތުރުން ރާއްޖެ ޕްރޮމޯޓް ކުރަން ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައާއި ފަތުރުވެރިންނަށް ޝައުގުވެރިކަމާއެކު ދެއްކޭނެ ކަމާއި މިއީ އިގްތިސާދީ ގޮތުން ފައިދާ ލިބި، އެއްބައިވަންތަކަން އިތުރު ކޮށްދޭނެ ކަމެއް ކަމުގައި ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވެފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.  

ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް ވަރަށް ކުރިއަރާފައި އޮތުމުން ރާއްޖޭގައި ފަތުރުވެރިންނަށް ސަގާފަތް ދެއްކިދާނެ ކަމަށްވެސް މިނސްޓަރު ޔުމްނާ ވިދާޅުވެފައިވެ އެވެ. އަދި މިއީ ދިވެހި ސަގާފަތްތައް ވީރާނާ ވެގެން ދިޔުމުން ސަލާމަތް ކޮށްދޭނެ ކަމެއް ކަމަށާއި އާދަކާދަ ނެތިގެން ދިޔުމުން ރައްކާތެރި ކޮށްދޭނެ ކަމެއް ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެގެ ބޯޑަރުތައް ބަންދު ކޮށްފައިވާއިރު ބޯޑަރުތަށް ފަތުރުވެރިންނަށް ހުޅުވާލާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް