ads
ކަރަންޓު ހަރަދު ކުޑަރުމަށް ފަންޑެއް ހަދަން ލާޒިމު ކުރަނީ
އިއާދަ ކުރަނިވި ހަކަރަ ކުރިއެރުވުމާއި ކަރަންޓުގެ ހަރަދުރައް ކުޑަކުރުމަށް އެހީވެދޭ ފަނޑެއް ހަދަންޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
Advertisement
އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމާއި ކަރަންޓުގެ ހަރަދުތައް ކުޑަކުރުމަށް އެހީވެދޭ ފަންޑެއް ހަދަންޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލުގައި ބުނެފައިވަނީ އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމާއި ކަރަންޓުގެ ހަރަދުތައް ކުޑަކުރުމަށް އެހީވެދޭ ފަންޑެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ގާއިމު ކުރަންޖެހޭނެ ކަމަށެވެ. އަދި އެފަންޑު ހިންގާ ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އައްޔަނު ކުރަންޖެހޭނެ ކަމަށްވެސް ބިލްގައިވެ އެވެ.

ބިލު ހުށަހެޅި މަގުސަދުގެ ގޮތުގައި ވަނީ އެކަށީގެންވާ އަގެއްގައި އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ލިބޭކަން ކަށަވަރުކުރުމެވެ. އަދި އިއާދަ ކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް ހިތްވަރުދީ އެކަން ކަށަވަރުކުރުމެވެ.

ބިލުގައި ވަނީ ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމެނޭ ފަސް އަހަރުގެ ޕްލޭނެއް އެންވަޔަރަންމަންޓް މިނިސްޓްރީން އެކުލަވާލަންޖެހޭނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި މި ބިލްގައި ބުނެފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީން އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކޮށް، އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ހަކަތަ އުފެއްދުމާއި ބޭނުންކުރުން އިތުރުކޮށް، އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަންވާނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް