ads
ނ. ކުޑަފަރީ--
ކުޑަފަރީން މާލެ ގެނައި މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި
ނ. ކުޑަފަރީން މާލެ ގެނައި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޑަފަރި މޮނީޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން ހުއްޓުވާފައިވާކަމަށެވެ. 

ކުޑަފަރީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން މާލެ ގެނައި ބަލި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. 

އެގޮތުން ކުޑަފަރީ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގެ އުމުރުން 92 އަހަރުގެ ފިރިހެނެއް ބޭސްފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްއިން ޓެސްޓް ހެދުމުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. 

ޕޮޒިޓިވް ވެފައިވާ ފަރާތް އެންމެ ފުރަތަމަ އިތުރު ފަރުވާއަށް ހުކުރު ދުވަހުގެ ރޭ ގެންގޮސްފައިވަނީ ނ. މަނަދޫ ހޮސްޕިޓަލަށް ކަމަށާއި، އަދި ހޮނިހިރު ދުވަހު ހެނދުނު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާކަމަށް ކުޑަފަރީ ކައުންސިލްގެ ރައީސް މައުލޫމާތު ދީފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަރާތް މިހާރު ވަނީ ހުޅުމާލޭ ކަރަންޓިން ފެސިލީޓީއަށް ބަދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް