ads
މިނިސްޓަރު މުހައްމަދު އަސްލަމް--
"ވެށިފަހި މާލެ ޕްރޮގްރާމު"ގެ ލިޔެކިޔުންތައް ކުރީ ސަރުކާރު ތެރެއިން ގެއްލިއްޖެ!
ވެށިފަހި މާލެ ޕްރޮގްރާމުގެ ލިޔެކިޔުން ސަރުކާރުގެ ތެރެއިން ފެންނަން ނެތްކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ކުރިމަތި ކުރުވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހި މާލޭގެ ލިޔެކިޔުންތައް ދައުލަތުގެ ތެރޭގައި ހުރީ ކޮންތާކުކަން އެނގޭނެ މީހަކު ނެތްކަމަށެވެ. 

ސަރުކާރެއް ބަދަލުވިޔަސް ދައުލަތުގެ ލިޔެކިޔުން ހުންނަންޖެހޭނެ ކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމުގެ ލިޔެކިޔުން ސަރުކާރުގެ ތެރެއިން ފެންނަން ނެތްކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހު މާލެ ޕްރޮގްރާމުގެ ދަށުން ލިޔުމެއް ދީފައި އޮތް ކޮންމެ ފަރާތެއް ވެސް އެލިޔުން ގެނައުމުން ވެރިފައި ކުރެވޭނަމަ އެ ލިޔުމަކަށް އަމަލުކުރަން ނިންމައިފައިވާކަމަށެވެ. އެގޮތުން ލިޔުމެއް ގައި އޮތީ ބިންކޮޅެއް ލިބެން ކަމަށްވާނަމަ އެލޔުމާއި އެއްގޮތަށް ކަންކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އެހެންނަމަވެސް ލިޔުމެއް ނެތްނަމަ ދެން ކުރެވޭނެ ކަމެއްނެތްކަމަށް ވެސް ވިދާޅުވި އެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމްގެ ލިޔެކިޔުންތައް ގެއްލުނީ ވަކި ފަރާތެއްގެ ސަބަބުން ކަމަށް ނުބުނާނެ ކަމަށާއި، އެހެން ނަމަވެސް ދައުލަތުގެ ލިޔެކިޔުން މިއަށްވުރެއް ރަނގަޅަށް ބަލަހައްޓަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް