ads
މާމިގިލީ---
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް މާމިގިލީގައި ނޫޅެވޭ ގޮތް ހަދަނީ
އޮގަސްޓު މަހުގެ ނިޔަލުން އދ. މާމިމިނގިލީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ނޫޅެވޭ ގޮތް ހަދަން ނިންމައިފި އެވެ.
Advertisement

އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަނުން އަންނަނީ އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން އަންނަ މަހުގެ ނިޔަލަށް މާމިގިލީގައި ގަވާއިދާ ހިލާފަށް އެއްވެސް ބިދޭސީއަކަށް ނޫޅެވޭ ގޮތަށް ހަދަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ ގަވާއިދާ ހިލާފަށް މިރަށުގައި އެއްވެސް ބިދޭސީއަކަށް ނޫޅެވޭގޮތަށް ނިންމާފައި ވަނީ އެ ކައުންސިލުގެ 14 ވަނަ ޖަލްސާގައި ކަމަށެވެ. 

ކައުންސިލުން ބުނީ އެގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންނަ ފަރާތްތަކާއި އުޅަނދުތައް ވެސް ޖޫރިމަނާކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު، 2500 ރުފިޔާއިން ޖޫރިމަނާކޮށް އެ ބިދޭސީން އަނބުރާ ފޮނުވާލުމުގެ ޒިންމާ ގެންނަ ފަރާތުން ނުވަތަ އުޅަނދުގެ ވެރި ފަރާތް އުފުލަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

އަދި އެކަން ތަކުރާރުވާ ކޮންމެ ފަހަރަކު އެފަރާތެއް ނުވަތަ އެ އުޅަނދެއް 5000 ރުފިޔާއިން ޖޫރިމަނާކޮށް އެ ބިދޭސީއެއް އަނބުރާ ފޮނުވާލުމުގެ ހުރިހާ ޒިންމާއެއް އެފަރާތަކުން އުފުލަން ޖެހޭގޮތަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

މާމިގިނލީ ކައުންސިލުގެ ރައީސް، އަބްދުއް މުފީދު މިއަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެރަށުގައި ގަވާއިދާ ހިލާފަށް 90 އެއްހާ ބިދޭސީން އުޅޭ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި ގުޅިގެން އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު މުފީދު ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ އަބަދުވެސް ބޮޑު މައްސަލައެއް ނަމަވެސް ކަންބޮޑުވުންތައް އިތުރުވީ މިފަހަކަށް އައިސް އެ ފަދަ ބިދޭސީންގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ. 

އެގޮތުން، މިފަހުން ރާއްޖޭގައި ހިނގާދިޔަ ކަންކަމުގެ ސަބަބުން، އެ މީހުންގެ ނުރައްކާ ހާމަވެގެންދާކަން ފާހަގަކުރައްވާ މުފީދު ވިދާޅުވީ އެރަށުގައި ވެސް ދަނޑިތަކުން ވައްކަން ކުރުން ފަދަ ކަންކަމުގައި ބިދޭސީން ހިމެނޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް