މިކަމާއި ގުޅިގެން އެ ބޭންކުން އިއްޔެ ނެރެފައިވާ ނޫސްބަޔާނުގައި އެ އެހީއަކީ ޖަޕާނުގެ ސަރުކާރުން ފަންޑުކޮށްގެން ފޯރުކޮށްދޭ އެހީއެއް ކަަމަށެވެ. އަދި އެ އެހީއަކީ މާލީ ގޮތުންނާއި އެކި ގޮތްގޮތުން ސަރުކާރަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދޭ އެހީއެއް ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
ހިލޭ އެހީގެ ގޮތުގައި ދެވޭ އެ ފައިސާ ބޭނުން ކުރެވޭނީ ޓެސްޓު ކިޓާއި ސިއްހީ ސާމާނުތަކުގެ އިތުރުން ޕީޕީއީ އަދި ލެބް ސާމާނު ގަތުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަދި ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނާއި ލެބްގައި މަސައްކަތްކުރާ މީހުންގެ ގެ ދަތުރުފަތުރާއި މުސާރައިގެ އިތުރުން އިތުރު ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ހޯދުމަށް ހިލޭ އެހީގެ ގޮތުގައި ދެވޭ އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ،
މިދިޔަ މަހުވެސް އޭޑީބީން ވަނީ 50 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފައެވެ. އޭގެ ތެރެއިން 25 މިލިއަން ހިލޭ އެހީގެ ގޮތުގައި ދިންއިރު އަނެއް 25 މިލިއަނަކީ ލޯނުގެ ގޮތުގައި ދެވުނު ފައިސާ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ބޭރުގެ މާލީ އިދާރާތަކުންނާއި އެކު ގައުމުތަކުން ރާއްޖެއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް 2.9 ބިލިއަން ރުފިޔާ (189.5 މިލިއަން ޑޮލަރު) ގެ އެހީއެއް ދީފައިވެ އެވެ.