
ބޮލީވުޑުގައި ފުރުސަތު އޮތީ ހަމައެކަނި ތަރިންގެ ދަރިންނާއި އެމީހުންގެ އާއިލާގެ މީހުންނަށް ކަމަށް ބުނެ ކަންގަނާ މިފަހުން ވާހަކަ ދެއްކުން އިތުރުވެފައިވާތީ ތާޕްސީ ދޫކޮށްލި ވީޑިއޯގައި ފެނިގެންދަނީ ކޮންމެ ތަނަކުން އަޔަސް، އެމީހެއްގެ މަސައްކަތް ބަލައި ގަންނާނީ އޯޑިއަންސުން ކަމަށާއި ވަރަށް ގިނަ ބައެއްގެ ފިލްމުތައް ރިޖެކްޓްވެސް ކުރާ ކަމަށް ކަންގަނާ ބުނެފަ އެވެ. ބެލެވޭ ގޮތުގައި އެއީ މީގެ އަހަރުތަކެއް ކުރިން އޭނާ ދީފައިވާ އިންޓަވިއުއެކެވެ.
އެ ވީޑިއޯ ހިއްސާކުރަމުން ތާޕްސީ ވަނީ، އެކަމުގައި އޭނާގެ ހިޔާލު ބަދަލުވުމުގެ ކުރިން ސައިން އައުޓް ވަނީ ކަމަށްވެސް ބުނެފަ އެވެ. އެ ވީޑިއޯއާ ގުޅިގެން އަދި ކަންގަނާ ރައްދެއް ނުދެ އެވެ.
މީގެ ކުރިން، ތާޕްސީ ވަނީ މިދަނޑިވަޅުގައި ކަންގަނާ ސުޝާންތުގެ ވާހަކަ ދައްކައިގެން އެގޮތަށް އަމަލުކުރަނީ އަމިއްލަ މަންފާއަށް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
"ކްއީން" އިން ވިދާލި ކަންގަނާ ފާހަގަކުރެވިގެންދަނީ ވަރަށް ކެރޭ ތަރިއެއްގެ ގޮތުގަ އެެވެ. އެގޮތުން ފަސް ޖެހުމެއް ނެތި ބަސް ބުނާ މަންޒަރު ފެނެ އެވެ.