ބޮލީވުޑުގެ ކުޅަދާނަ އެކްޓަރެސް ތާޕްސީ ޕަންނޫ ރައްޓެހިވެގެން އުޅެނީ އަނިލް ކަޕޫރުގެ ދަރި ހަޝްވަރުދަން އާ ކަމަށް މީގެ ކުރިން ވަނީ އަޑުތައް އަރާފައެވެ. އެކަމާ ގުޅޭގޮތުން ތާޕްސީ މިވަނީ އެންމެ ފަހުން ވާހަކަ ދައްކާފައެވެ.

Advertisement
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރެސް ތާޕްސީ ޕަންނޫ ރައްޓެހިވެގެން އުޅެނީ އަނިލް ކަޕޫރުގެ ދަރި ހަޝްވަރުދަން އާ ކަމަށް މީގެ ކުރިން ވަނީ އަޑުތައް އަރާފަ އެވެ. އެކަމާ ގުޅޭ ގޮތުން ތާޕްސީ މި ވަނީ އެންމެ ފަހުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން ދާދި ފަހުން އިވެންޓެއްގައި ތާޕްސީ އަށް އަމާޒުވި ސުވާލަކަށް ޖަވާބުދެމުން ތާޕްސީ ބުނީ އޭނާ އާ ހަޝްވަރްދަން އާ ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާ ރަނގަޅަށް ނުވެސް އެނގޭ ކަމަށް ތާޕްސީ ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ދާދި ފަހުން ދެ މީހުން އެކަކު އަނެކަކަށް މެސެޖުކޮށް އެ ވާހަކަތައް ބުނި ކަމަށް ވެސް ތާޕްސީ ވަނީ ބުނެފަ އެވެ.
ދެހާސް ދިހަވަނަ އަހަރު ތެލޫގޫ ފިލްމަކުން ފިލްމީ ދާއިރާއަށް ތައާރަފުވި ތާޕްސީއަކީ ތަމަޅަ އަދި މަލަޔާލަމް ފިލްމުތަކުގައި ވެސް މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.
ދެހާސް ތޭރަވަނަ އަހަރު ފިލްމު "ޗަޝްމޭ ބައްދޫރު" އިން ބޮލީވުޑަށް ތައާރަފުވި ތާޕްސީ ވަނީ "ޖުޅްވާ 2" އާއި "ޕިންކް" ގެ އިތުރުން "ބަދްލާ" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "މިޝަން މަންގަލް" އިންނެވެ.