ads
އަމީތާބާއި ޖާޔާ--
ގޭދޮށުގައި މާއަޑުގަދަކޮށް ސައިކަލު ދުއްވާތީ ޖާޔާ ފުލުހަށް މައްސަލަ ހުށަހަޅައިފި
މިދިޔަ ދެތިން ހަފުތާގައި ބައްޗަން އާއިލާއާ ގުޅޭ ތަފާތު ހަބަރުތައް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ޖުލައި މަހުގެ 12 ވަނަ ދުވަހު އަމީތާބު ބައްޗަން އާއި އޭނާގެ ފިރިހެން ދަރިފުޅު، އަބީޝޭކް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ އާއިލާގެ ހާލަތު މީޑިއާތަކުން ދަނީ ގާތުން ބަލަމުންނެވެ.

އަމީތާބާއި އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، އަބީޝޭކް ބައްޔަށް ޕޮޒިޓިވްވި ފަހުން ވަނީ އަބީޝޭކްގެ އަންހެނުންނާއި ދަރިފުޅު ވެސް ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެނަށް ވެސް ފަރުވާދެމުން އަންނަނީ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގަ އެވެ. 

ކޮންމެއަކަސް، އެއް ގެއެއްގައި ދިރިއުޅެމުން އައީ އެމީހުންގެ ތެރެއިން އަމީޔާބުގެ އަންހެނުން ޖާޔާ ފިޔަވައި އެންމެން ވެސް ބައްޔަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތީ ޖާޔާ ދިރިއުޅެމުންދަނީ ގޭގައި އެކަންޏެވެ. އެކަމަކު ގޭގައި މަސައްކަތް ކުރާ މީހުން އުޅެ އެވެ. 

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އިއްޔެ ރޭގެ ވަގުތެއްގައި ޖާޔާ ވަނީ ފުލުހުންނަށް ގުޅާފަ އެވެެ. އޭނާގެ ކަންބޮޑުވުމަކީ އެ ގޭ ދޮށުގައި މީހުން އެހާ، ބާރަށް ސައިކަލު ދުއްވުމެވެ. އެ މައްސަލަ ރިޕޯޓްކުރުމާއެކު ފުލުހުން އެ ގޭ ދޮށަށް ދިޔަ ނަމަވެސް އޭރު އަޑުގަދަކޮށް ދުއްވި މީހުން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮވިޑް ޖެހިގެން އަމީތާބަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާ އަދި ބައްޔަށް ނެގެޓިވް ނުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބަށް ދަނީ ޝުކުރު އަދާކުރަމުންނެވެ.

އަމީތާބުގެ އިތުރުން ޖާޔާއަކީ ވެސް 70 އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ތަރިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް