ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ނުހައްގުން އިއްވާފައިވާ ސިޔާސީ ހުކުމާ ދެކޮޅަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ސަރުކާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުންކަމަށާއި މިސަރުކާރު ބަދަލުކުރުމުގެ ކަންކަން ވަރަށް އަވަހަށް ރައްޔިތުން ފަށާނެކަމަށެވެ. އަދި އޮޅުވާލައިގެން ސަރުކާރު ބަދަލުކުރި ތަން ތާރީހުން ހެކިދޭ ކަމުގައި ވެސް މުންދުގެ ވާހަކަގައި ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުގެ ހީލަތްތެރިކަން ހާމަވެފައިވާކަމަށާއި އެކަން ސާބިތުވާކަމަކީ ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތައް ނުފުދި ދިމާ އިދިކޮޅަށް ދިއުމުން ކަމަށެވެ. އަދި މި ސަރުކާރަށް ރައްޔިތުން ދޭނީ "އެފް" ރިޕޯޓެއްކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ބަދަލުކުރާނެކަމަށް މުންދު ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަނުން އަންނަނީ ސަރުކާރު ފެއިލްވެފައިވާކަމަށް ބުނަމުންނެވެ. އަދި ރައްޔިތުން ގުނބޯ ހައްދައިގެން ވެރިކަމަށް އައިސް ތިބީ އަމިއްލަ އެދުންވެރިކަމެއްގައި ކަމަށްވެސް އަންނަނީ ބުނަމުނެވެ.