ހޫދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ މީހުން އާބާދުކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ނުގެންގުޅޭ ކަމަށާއި އެއީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދުކުރަން އުޅޭކަމަށް ރިޕޯޓްކުރާއިރު އެކަމާއި ގުޅިގެން ހޫދު ވަނީ "ސެކަންޑް ހޯމް" ކޮންސެޕްޓަކީ ވިސްނުމެއް ނަމަވެސް އެތަނަކީ ވަކި ގައުމެއްގެ ބަޔަކު ގެންނަން ކުރާ މަސައްކަތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ވިސްނުމެއް ކަމަށާއި މިހާތަނަށް އެކަމަށް ކޮންޓްރެކްޓަރަކު އަދި ފަންޑުކުރާނެ މީހަކު ވެސް ހޯދާފައި ނުވާ ކަމަށެވެ.