ads
ހުސައިން ޝަހީމް -- ފޮޓޯ: މަޖިލިސް
މުޒާހަރާ ކުރީ ހިޔާނާތުގެ މުޖުރިމުން، އިންސާފަށް ބިރުން: މެމްބަރު ހުސައިން
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރޭ މުޒާހަރާ ކުރީ ކޮރަޕްޝަންގެ މައްސަލަތަކުގައި އިންސާފުއަރާ ހަމަކުރާނެ ކަން އިނގޭތީ އެކަމާ ބިރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ މެޖޯރިޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ކޯލިޝަންގެ އެކި ފަރާތްތައް ހިމެނޭ ގޮތުން ވަނީ މާލޭގައި "މިނިވަން އިހުތިޖާޖު"ގެ ނަމުގައި އެއްވުމެއް ބާއްވާފައެވެ. އެގޮތުން އެ އެއްވުމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސްބައެއް ފަރާތްތަކާއި އާންމުން ބައިވެރިވެފައިވެ އެވެ. 

މި އެއްވުމާއި ގުޅޭގޮތުން ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިދިކޮޅުގެ މުޒާހަރާގައި އެއްވެސް ބަޔަކު ބައިވެރި ވެފައިނުވާކަމަށެވެ. އަދި އެ މުޒާހަރާ ކުރީ ހިޔާނާތުގެ މުޖުރިމުން، އިންސާފަށް ބިރުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. 

"ޕީޕީއެމްއާ ޕީއެންސީއިން މީހުން ނުލާ މިރޭ ބޭއްވި މުޒާހަރާއަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓްގައި ހިމެނޭ މުޖުރިމުން އިންސާފަށް ބިރުން ކުރި މުޒާހަރާއެއް."

މީގެ އިތުރުން ޝަހީމް ވިދާޅުވެފައިވަނީ ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށާއި، ވަގުން ހިފާ ހައްޔަރު ކުރާނެ ކަމަށެވެ. 

ރޭގެ އެއްވުން އިދިކޮޅުން ފަށާފައިވަނީ މަޖީދީ މަގު ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމަތިންނެވެ. އަދި އޭގެ ފަހުން މުޒާހަރާގެ ބައިވެރިން ގޮސްފައިވަނީ ޕީޕީއެމް އޮފީސްކައިރި އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް