ads
ރ. އިނގުރާދޫ--
އިނގުރައިދޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނު ވެގެން ތިބި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލުގެ ރައީސް އިސްމާއިލް ރަޝީދު ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ އެރަށުގައި ހޯމް ކަރަންޓީނު ވެގެން ތިބި ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށެވެ. 

ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެއްވެސް ފަރާތެއް ކަރަންޓީން ކޮށްފައިވާކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށް ރަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެރަށުން ވާހަކަ ދެއްކި މީހެއް ބުނީ އެމީހުންނާއެކު އެއް ލޯންޗެއްގައި އެރަށަށް ހޯމް ކަރަންޓީނު ވުމަށް އިތުރު ހަ ދިވެހިން ދަތުރު ކޮށްފައިވާ ވާކަމަށެވެ. އަދި އެ ހަ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ނެގުނު ސާމްޕަލް ނެގެޓިވްވުމާއި އެކު މިހާރު ކަރަންޓީނުން ދޫކޮށްލާފައިވާކަން ވެސް ފާހަގަކުރިއެވެ.

ހޯމް ކަރަންޓީނުން ފޮނުވާލުމަށް ނެގޭ ސާމްޕަލްތަކުގެ ތެރެއިން އަތޮޅުތެރޭގެ ރަށްރަށުން ފެންނަ ކޭސްތައް ދަނީ އިތުރުވަމުންނެވެ. 

އިއްޔަ 50 މީހެއް ކޮވިޑް-19 އަށް ޕޮޒިތިވްވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 34 ދިވެހިންނާއި ބަންގަލްދޭޝްގެ 14 މީހަކާއި އިންޑިއާގެ ދެ މީހެކެވެ. ރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،302 އަށް އަރާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް