ads
ކުރިން މިފްކޯގެ އެމްޑީކަން ކުރެއްވި އާދިލް ސަލީމް-- ފޮޓޯ: އަވަސް
ގެސްޓްހައުސްތައް ނުހުޅުވާތީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުގެ ފާޑުކިޔުން ޖުމްހޫރީ ޕާޓީއަށް!
ކުރިން އޮގަސްޓް މަހުގެ ތެރޭގައި ހުޅުވަން ނިންމި ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވުން އަނެއްކާ ވެސް ފަސްކޮށްފައިވާތީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް، ޖުމްހޫރީ ޕާޓީއަށް ފާޑުވިދާޅުވެއްޖެ އެވެ.

މިހާރު ސަރުކާރުން ވަނީ ގެސްޓް ހައުސްތައް ހުޅުވުން އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފަ އެވެ. އެކަމުގެ ކަންބޮޑުވުން މިއަދު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ފާޅުކޮށްފައިވަނިކޮށް އާދިލް ކުރެއްވި ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ނަގައިގެން ތިބި ރިސޯޓުތައް ހުޅުވުމަށް ފަހު ގެސްޓްހައުސްތަކަށް ފުރުސަތު ނުދީ ދިގު ދަންމަނީ ރަށްރަށުގެ މީހުން މަޑުން ތިބޭނެ ކަމަށްތޯ ސުވާލު އުފައްދަވާފަ އެވެ.

އަދި އާދިލް ވިދާޅުވީ ރަށްރަށުގެ އިގްތިސޯދު ބަދަލުކުރީ އެމްޑީޕީގެ ޕޮލިސީން ކަމަށާއި ރައްޔިތުންނަށް "ދޯކާ" ދީގެން ނުވާނެ ކަމަށެވެ.

އޭގެ އިތުރުން ވިދާޅުވީ ކ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރަމުން އަންނަ މާފުށީގެ ގެސްޓްހައުސްތަކުން އަންނަ މަހު އެކަނި ވެސް 40 އިންސައްތަ ބުކްކޮށްފައިވާ ކަމަށެވެ. އަދި ރިސޯޓުތައް ހުޅުވައިގެން މިހާތަނަށް އައީ 1000 މީހުން ކަމަށާއި އެކަމަކު ގެސްޓްހައުސްތައް ހުޅުވުމުން އެ އަދަދު މާބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް އާދިލް ވިދާޅުވި އެވެ. 

"ކަރުގައި ހިފައިގެން ނުތިބެ ދޫކޮށްލާ،" އާދިލް ވިދާޅުވި އެވެ.
މިއަދު ގެސްޓްހައުސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ވަނީ ޓޫރިޒަމް ހުޅުވުމުގެ އެސްއޯޕީ ތައްޔާރުކުރިއިރު ވަރަށް ގިނަ ފަހަރު ސަރުކާރާއެކު އެ އެސޯސިއޭޝަނުން ވަނީ މަޝްވަރާކޮށްފައި ކަމަށާއި އެގޮތުން އެމްއެމްޕީއާރުސީގެ މާކެޓިން މެޓީރިއަލްތަކުގައި ގެސްޓްހައުސްތަކުގެ ބުކިން ނަގަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަސް ކަމަށް ވެސް އަންގާފައިވާ ކަމަށެވެ. 

އެކަމަކު ވަރަށް ކުއްލި ގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް އޮގަސްޓް މަހު ނުހުޅުވާނެ ކަމަށް ބުނުމަކީ މުޅި ސިނާއަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް