
އަނުރާގް ވަނީ ޓައިގާ އާއި ތައިމޫރު އަލީ ހާންގެ ކޮލާޖެއް ރީޓްވީޓުކޮށް، މިއީ މީޑިއާއިން ދެކޭ ގޮތުގައި ނެޕޮޓިޒަމްތޯ ސުވާލުކޮށްފަ އެވެ. އަދި އެއީ ކީއްވެތޯ އާއި މިއީ އޯޑިއަންސް ބަލަން ބޭނުންވާ މަންޒަރު ކަމަށް ބުނެފަ އެވެ.
އެ ކެޕްޝަނަށް އައިޝާ މާގަޔާއެއް ނުވި އެވެ. އެކަމުގެ ތެރެއަށް އޭނާގެ ދަރިފުޅު ވައްދަން ނޫޅޭށޭ ބުނެ އޭނާ ވަނީ އަނުރާގަށް ރައްދުދީފަ އެވެ.
އެއާއެކު ފެނިގެންދިޔައީ އަނުރާގް އެކަމަށް މައާފަށް އެދުން މަންޒަރެވެ. އަދި އޭނާ އެގޮތަށް ބުނީ މީޑިއާ ތައިމޫރުގެ ފަހަތުން ދުވާތީ ކަމަށް ވަނީ ބުނެފަ އެވެ.
ސުޝާންތު ސިންގް ރާޖުޕުތުގެ މަރަށް ފަހު، ބޮލީވުޑުގައި ކުރެވޭ އެ ބަހުސްގެ އަޑުގަދަވެފައިވާއިރު އެކަން ފެށި ކަންގަނާއަށް ގިނަ ބަޔަކު އަންނަނީ މިހާރު ފާޑުކިޔަމުންނެވެ. އަދި އެކަމަކީ އޭނާގެ އަމިއްލަ މަންފާއަށް ދައްކާ ވާހަކައެއް ކަމަށް ތުހުމަތުކުރެ އެވެ.