ads
ފޮޓޯ: އެމްޓީސީސީ
ރަސްމާދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފި
ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

ޕްރޮޖެކްޓް ސައިޓް މިމަހުގެ 26 ވަނަ ދުވަހު މޮބިލައިޒް ކޮށްފައިވާއިރު އެ މަޝްރޫއުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 377 މީޓަރު ސަރަހައްދުގައި ބޭރުތޮށިލުމުގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އެ މަޝްރޫއުއަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ މިއަހަރު ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަށް 18.7 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް