ads
ފޮޓޯ: ވަގުތު
އިދިކޮޅު މުޒާހަރާގެ ބައެއް ބައިވެރިން ފުލުހަށް ހާޒިރުކުރަނީ
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިނިވަން ދުވަހު މާލޭގައި ކުރި މުޒާހަރާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ފެނަކައިގެ ކުރީގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ނިމާލް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރައްދުގައި އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މި މުޒާހަރާގައި އިސްދައުރެއް އަދާކުރި މުހައްމަދު އިސްމާއީލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ. އަދި ނިމާލް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ. 

އެދެބޭފުޅުންނަށް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އަޑުއުފުލައި، ގާނޫނާ ހިލާފު އަމަލު ކުރުމަށް އާންމުންނަށް ހިތްވަރުދީ އެކަމަށް ގޮވާލައްވައިފައި ވާތީ ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފައެވެ. އަދި މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ހުރަސް އަޅާފައިވާތީ ކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން ބޭއްވި މި މުޒާހަރާއަކީ 30 މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނިކޮށް ބޭއްވި އެއްވުމެވެ. ފުލުހުން މީގެ ކުރިން ވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އެއްވުންތައް ބާއްވާނަމަ ރޫޅާލާނެ ކަމުގެ އިންޒާރުދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް