މަސްތުވާތަކެއްޗާއެކު ނ.މާޅެންދޫ ޕްރިންސިޕަލް ހައްޔަރުކޮށްފިއެވެ.

Advertisement
މަސްތުވާތަކެއްޗާއެކު ނ.މާޅެންދޫ ޕްރިންސިޕަލް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު މާޅެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަސް ގުރާމުގެ މަސްތުވާތަކެއްޗާއެކު އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެރަށު ޕްރިންސިޕަލް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހާ އަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހެއްކަމުން، ކަމާ ގުޅޭ އިދާރާއަށް މައުލޫމާތު ހިއްސަކޮށްފައިވާނެ ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.