ads
އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން
ނިމާލް އާއި މުހައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން އެންގި ޗިޓު ކެންސަލް ކޮށްފި
ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލްއާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުވާން އަންގާ ފުލުހުން ފޮނުވި ޗިޓު ކެންސަލް ކޮށްފިއެވެ.
Advertisement

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކަންވެސް ކުރައްވާފައިވާ ނިމާލް އާއި ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވާފައި ވަނީ ޕީޕީއެމް/ޕީއެންސީން މިމަހުގެ 26 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އަޑުއުފުލައި، ގާނޫނާ ހިލާފު އަމަލު ކުރުމަށް އާންމުންނަށް ހިތްވަރުދީ އެކަމަށް ގޮވާލައްވާފައި ވާތީ ކަމަށް ފުލުހުން އެދެ ބޭފުޅުންނަށް ފޮނުވި ޗިޓުގައި ބުނެފައިވެއެވެ. އަދި މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ހުރަސް އަޅާފައިވާތީ ކަމަށްވެސް ބުނެފައިވެއެވެ. 

ފުލުހުން މިއަދު އެ ދެ ބޭފުޅުންނަށް ގުޅާ އެ ޗިޓު ކެންސަލް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ފުލުހަށް ހާޒިރުވާން ޖެހޭ ނަމަ، ހާޒިރުވާންވީ ދުވަހަކާއި ވަގުތެއް ފަހުން އަންގާނެ ކަމަށް ފުލުހުން ބުނެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރައްދުގައި އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މި މުޒާހަރާގައި ނިމާލް އާއި މުހައްމަދު އިސްމާއީލް ވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.

ޕީޕީއެމް/ޕީއެންސީން މިރޭވެސް ވަނީ މަޖީދީމަގު ޗާންދަނީ މަގު ގުޅޭ ކަންމަތީގައި މުޒާހަރާ ކޮށްފައެވެ. އަދި މާދަމާ ރޭ ވެސް މުޒާހަރާ ކުރިއަށްގެންދާނެ ކަމަށް މިރޭގެ މުޒާހަރާ ނިންމާލައްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މިރޭގެ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން އޭޑީކޭގައި ފަރުވާ ދީފައިވެއެވެ.

އިދިކޮޅުން ބޭއްވި މި މުޒާހަރާއަކީ 30 މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނިކޮށް ބޭއްވި އެއްވުމެވެ. ފުލުހުން މީގެ ކުރިން ވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އެއްވުންތައް ބާއްވާނަމަ ރޫޅާލާނެ ކަމުގެ އިންޒާރުދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް