ޝަހީމް މިގޮތައް ވާހަކަ ދެއްކެވިއިރު، ރޭ ބޭއްވި މުޒާހަރާއަކީ ޕީޕީއެމާއި، ޕީއެންސީ ގުޅިގެން ބޭއްވި މުޒާހަރާއެކެވެ.
ޕީޕީއެމް މެމްބަރެއް އެފަދަކަމެއް ނުކުރާނެކަމަށް ވިދާޅުވި ނަމަވެސް، ޕީއެންސީ މެމްބަރެެއް އެފަދަކަމެއް ނުކުރާނެކަމަށް ޝަހީމް ވިދާޅެއް ނުވެއެވެ.
މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅު (ހައްޕުނޑު) ޖެހި މައްސަލަ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ސީޕީ ހަމީދު ވިދާޅުވީ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ފްރަންޓްލައިންގައި މަސައްކަތްކުރި ފުލުހުންގެ ގަޔަށް ކުޅު ޖެހިޖެހުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.
އިދިކޮޅުން އަންގާރަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ބަޔަކު ކުޅުޖެހި އިރު، ސީޕީ ވަނީ ކޮވިޑް19 ފެތުރެމުންދާ ދުވަސްވަރެއްގައި އެގޮތަށް ކަންކުރުން ބަލައި ނުގަންނާނެކަން ފާހަގަކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;