ads
ކުޑަކުއްޖަކު ރޭޕްކުރި، އިބްރާހިމް ޝަފީއު
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ރޭޕްކުރި މީހާއަށް ދައުވާކުރަން ހުށަހަޅައިފި
ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައިގައި ހައްޔަރުކުރި ފ. ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިއުގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ، ޝާފިއުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން، އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް ބުނެ އެވެ.

ޝަފީއު، ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާ ރޭޕްކޮށް ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖުލައި ދެ ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. 

މިމައްސަލައާ ގުޅިގެން ޖުލައި ތިން ވަނަ ދުވަހު ޝާފިއު ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް