އެއިރުންސުރެ މިއަދާ ހަމައަށްވެސް އެ ބިމަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް މިލިއަނަކަށްވުރެ ގިނަ މީހުން ޖަމާވެއެވެ.
އެހެންނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައި ނުގަނެވި ތިއްބާ އަޅުގަނޑުމެންނާއި ބައްދަލުކުރި ހައްޖުގެ އަޅުކަން ކުރަން މިއަދު އެބިމަށް ޖަމާވެފައިވާ މީހުންގެ އަދަދަކީ 10000 ހެވެ. ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ރައްކާތެރި ފިޔަވަޅުގެ ސަބަބުން މިއަހަރު ހައްޖާޖީންގެ އަދަދު މަދުކުރެވި އެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނީވެސް މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންނަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަމުންދާ ތަފާތު އެތަށް މަންޒަރެއް މީސްމީޑިއާގައި ދައުރުވަމުން ދާއިރު މީގެ ތެރެއިންވެސް އާންމުންްގެ ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވަނީ ހައްޖާޖީއަކު އެ މާތް ބިމުގައި ސީދާ ހަރަމްފުޅު ކުރިމަތީ ހުއްޓިލާގެން ދުއާ ކުރަމުންދާ މަންޒަރަށެވެ. މުޅި އެސަރަހައްދުގައި އިތުރު އެއްވެސް މީހަކު ނެތެވެ. މިކަހަލަ ނަސީބަކަށް އިންތިޒާރު ކޮށްގެން ތިބި އެތަށް ބައެއްގެ ހިތްވަނީ މި ފޮޓޯއާއިއެކު ރޮށްވާލާފައެވެ.
މީސްމީޑިއާގައި މިފޮޓޯ ހިއްސާކޮށް ގިނަ އަދަދެއްގެ ބަޔަކު ދަނީ މިމީހާގެ މި އުފާވެރި ނަސީބާއި މެދު ވާހަކަ ދައްކަމުންނެވެ.
ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފަށާފައިވާއިރު، އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ސައުދީން ހައްޖުގެ އިންތިޒާމްތައް ރާވާފައިވަނީވެސް ރައްކާތެރި ފިޔަވަޅުތަކާއިއެކުއެވެ. އެޅިފައިވާ ރައްކާތެރި ފިޔަވަޅުތަކުގެ ސަބަބުން މިއަހަރު މި އަޅުކަން އަދާކުރާ މީހުންނަށްވަނީ ކުރީ އަހަރުތަކާއި ހިލާފަށް ތޮށްޖެހުން ކުޑަކޮށް އެމީހަކަށް ހާއްސަ ޖާގައެއްގައި ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ މަތިވެރި ނަސީބް ލިބިފައެވެ. މިއަށްވުރެ ވަކިން ބޮޑު އުފާވެރިކަމެއް ކޮބާތޯއެވެ؟
މީގެ އިތުރުން މިއަހަރުގެ މިމާތް ބިމުން އަންހެނުން ކުރީ ސަފުގައި ތަވާފުކުރާ މަންޒަރު ފެނިގެންގޮސްފައިވެއެވެ.