ads
ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒު
"ކައުންސިލަރުން ދެން ސަލާން ޖަހާކަށް ނުޖެހޭނެ"
އަބަދުވެސް ފެންނަނީ އަތޮޅު ކައުންސިލަރުން ޗުއްޓީ ނަންގަވައިގެން ނުވަތަ ރަސްމީ މަސައްކަތުގެ ތެރެއިން މިނިސްޓްރީތަކަށް ގޮސް ގާނޫނުތަކުން ކައުންސިލްތަކަށް ލާޒިމްކޮށްފަ ހުންނަ ކަންތައްތައް ފަހިކުރުމަށްޓަކައި ސަލާން ޖަހާ މަންޒަރުކަމަށާއި އެހެން ނަމަވެސް ދެން އެ މަންޒަރު ނުފެންނާނެކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
Advertisement
އަބަދުވެސް ފެންނަނީ އަތޮޅު ކައުންސިލަރުން ޗުއްޓީ ނަންގަވައިގެން ނުވަތަ ރަސްމީ މަސައްކަތުގެ ތެރެއިން މިނިސްޓްރީތަކަށް ގޮސް ގާނޫނުތަކުން ކައުންސިލްތަކަށް ލާޒިމްކޮށްފަ ހުންނަ ކަންތައްތައް ފަހިކުރުމަށްޓަކައި ސަލާން ޖަހާ މަންޒަރުކަމަށާއި އެހެން ނަމަވެސް ދެން އެ މަންޒަރު ނުފެންނާނެކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަބަދުވެސް ފެންނަނީ އަތޮޅު ކައުންސިލަރުން ޗުއްޓީ ނަންގަވައިގެން ނުވަތަ ރަސްމީ މަސައްކަތުގެ ތެރެއިން މިނިސްޓްރީތަކަށް ގޮސް ގާނޫނުތަކުން ކައުންސިލްތަކަށް ލާޒިމްކޮށްފަ ހުންނަ ކަންތައްތައް ފަހިކުރުމަށްޓަކައި ސަލާން ޖަހާ މަންޒަރުތައް ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އިންސްޕެކްޝަން ޓްރެއިނިންގް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ އަބަދުވެސް ފެންނަނީ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ފަހިކުރުމަށްޓަކައި ކައުންސިލަރުން މާލެއައިސް އެކި މިނިސްޓްރީ ތަކުގައި ސަލާންޖަހާ މަންޒަރުތައް ކަމަށެވެ.

ރަށްރަށުގެ ބަންދަރާއި ކުނިމެނޭޖް ކުރުން އަދި ޖެޓީ ބެލެހެއްޓުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތަށް ގާނޫނުގައި ބަޔާން ކޮށްފައިވާއިރު މިކަންތައްތަކަކީ ކައުންސިލްގެ ގާނޫނުގައި ކުރަން ލާޒިމްކޮށްފައިވާ ކަންތައްތައް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މި ކަންތައްތަކަށް ދުވަހުން ދުވަހަށް ކުރުމަށްޓަކައި ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ޚަރަދުވާ ވާނެ ކަން ކޮމެޓީން ބެލިބެލުމުން އެނގުނުކަމަށާއި ފާއިތުވި އެއްވެސް ސަރުކާރެއްގައި ކައުންސިލްތަކަށް މިހާ ގިނަ ފާއިސާތަކެއް ޙަރަދު ކުރުމަށް ހަމަޖައްސާފައި ނުވާ ކަމަށެވެ.

އަދި މަދުވާ ފާއިސާ ހޯދުމުގެ މަސައްކަތް ކުރާނެ ގޮތެއްވެސް އަދި ވަސީލަތެއްވެސް އެއްވެސް ސަރުކާރަކުންވެސް މިހާތަނަށް ކޮށްދީފައި ނުވާ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. އެންމެ ގިނަވެގެން ސައުންސިލްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި މިހާތަނަށް ދެވިފައިވަނީ 800 މިލިއަން ރުފިޔާ ކަމަށެވެ.

އަދި މި ސަރުކާރުންވެސް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދީފައިވަނީ 600 މިލިއަން ރުފުޔާ ކަމަށާއި 1.4 ބިލިއަން ރުފިޔާ ބޭނުންވާ ކަމަކަށް 600 މިލިއަން ރުފިޔާ ދިނުމުން ދެން ބާކީ އޮތްބައި ހޯދަން އޮތް ހަމައެކަނި ގޮތަކީ މާލެއަށް އައިސް ސަލާން ޖެހުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ދައުލަތުން ކަންތައްތައް ކޮށްނުދެވޭނަމަ ދެން ކައުންސިލްތައް ވިޔަފާރިކޮށްގެންވެސް އަދި އެނޫން ގޮތްގޮތުންވެސް އެންމެ އާދައިގެ ޚިދުމަތް ދިނުމަށްޓަކައިވެސް ކައުންސިލްތަކަށް އެ ފުރުސަތު ނެތުމަތީ ވަރަށް ދެރަ ކަމެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނަމަވެސް ފާސް ކުރެވުނު ގާނޫނުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވެގެން ދާނޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ގާނޫނުގައި ހަމައެކަނި ލެޔެފައި އޮތް އެއްޗަކަށްވުރެ ބޮޑަށް ސަރުކާރުގެ ނިޔަތް މިކަމުގައި ރަނގަޅު މިންވަރު ވަރަށް ބޮޑަށް ހާމަވާ ކަމަށް ވިދާޅުވެ ނިޔާޒު ވިދާޅުވީ ގާނޫނުގައި ވަކި އެއްޗެއް ލިޔެވިފައި އޮތަސް ތަންފީޒު ނުވާނެ ކަމަށެވެ.

އޭގެ ބަދަލުގައި އެ ގާނޫނެއް ތަންފީޒު ކުރަން ތިބޭ ފަރާތްތަކުގެ ނިޔަތާއި، ކުރަން ބޭނުންވާ މިންވަރެއްގެ މައްޗަށް މަސައްކަތް ކުރުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އަދި އަދުގެ ސަރުކާރުގެ ވިސްނުމަކީ ބާރުތައް ދޫކޮށްގެން ނަތީޖާ ހޯދުން ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް