ads
އިރާގުން ތެޔޮ އެކްސްޕޯޓް ކުރި ވަރު އިތުރުވެއްޖެ
ޖުލައި މަހު އިރާގުން ތެޔޮ އެކްސްޕޯޓް ކުރި މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

އިރާގުން ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު އިތުރުވެފައި މިވަނީ އޯޕެކްގެ ގައުމުތަކާއި އެކު ޕްރޮޑަކްޝަން ދަށްކުރުމަށް ވެފައިވާ އެއްބަސްވުމުގައި އަލަށް ކަނޑައެޅި ޓާގެޓް އަށް ވުރެ އިތުރަށް ތެޔޮ އެކްސްޕޯޓް ކޮށްގެން ކަމަށް ހަބަރުތަކުން ބުނެ އެވެ. 

އެގޮތުން ބަސްރާ އާއި އިރާގުގެ ދެކުނުގެ އެހެން ސަރަހައްދު ތަކުން ދުވާލެއްގެ މައްޗަށް 2.75 މިލިއަން ތެޔޮ ފީފާ އެގައުމުން އެކްސްޕޯޓް ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ ޖޫން މަހު އެކްސްޕޯޓް ކުރި އަދަދާއި އަޅާ ބަލާއިރު، ދުވާލަކަށް ގާތްގަނޑަކަށް 50,000 ތެޔޮ ފީފާ އިތުރު އަދަދެކެވެ. 

އޯޕެކްގެ ގައުމުތަކުން ވަނީ ކޮވިޑް-19 އާއި އެކު ގައުމުތަކަށް ކޮށްފައިވާ އަސަރުގެ ސަބަބުން ތެޔޮ އަގު ހިފޭއްޓުމަށް ޓަކައި ތެޔޮ އެކްސްޕޯޓް ކުރާ ގައުމުތަކުން އެކްސްޕޯޓް ކުރާ މިންވަރު ރެކޯޑް އަދަދަކަށް މަދުކުރަން އެއްބަސްވެފައި އެވެ. މި އެއްބަސްވުމުގެ ދަށުން އިރާގުން ވަނީ ދުވާލެއްގެ މައްޗަށް ތެޔޮ އެކްސްޕޯޓްކުރާ މިންވަރު 1.06 މިލިއަން ފީފާ މަދު ކުރާނެ ކަމަށް އެއްބަސްވެފައި އެވެ. 

އިރާގުން ވަނީ މޭ އަދި ޖޫން މަހު އިތުރަށް ތެޔޮ އެކްސްޕޯޓް ކުރެވުމުން ކުރިއަށް އޮތް މަސްތަކުގައި އެ އަދަދު މަދުކުރާނެ ކަމަށްވެސް ބުނެފަ އެވެ. އެހެންނަމަވެސް އެ ގައުމުގެ އުތުރުގެ ސަރަހައްދު ތަކުން ވެސް ތެޔޮ އެކްސްޕޯޓް ކުރި މިންވަރު ވަނީ ޖޫން މަހު ދުވާލަކަށް 370,000 ތެޔޮ ފީފާ އިން ޖުލައި މަހު ދުވާލަކަށް 400,000 ތެޔޮ ފީފާ އަށް އިތުރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް