ސިވިލް ސާވިސް ކޮމިޝަން އަލުން މެމްބަރުން އައްޔަންކުރަން ރައީސް މަޖިލިހަށް ނަން ފޮނުއްވާފައި މިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައު ހުންނެވި މުހައްމަދު ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެމްބަރުކަމުގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީއެވެ.
ރަައީސް މަޖިލިހަށް ފޮނުވި ސިޓީގައި ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަން އައްޔަންކުރަން ފެންނަ ނަންތައް މަޖލިހަށް ފޮނުވީ އިސްކަން ދެއްވާ ތަރުތީބުންކަމަށެވެ.
ތިން މެމްބަރުން އައްޔަންކުރަން ޖެހޭ ލިސްޓްގެ ތިންވަނާގައި އޮތީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ ނަމެވެ.
ރައީސް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މި ސާރުކާރުން ވެރިކަމަށް އައިސް ސިވިލް ސާވިސް ކޮމިޝަނުން ވަކިކުރަން ނިންމި މުހައްމަދު ނާސިހްއެވެ.
ނާސިހްގެ ނަން އެންމެ ކުރީގައި ހިމަނާ ދެން ނަންތައް ރައީސް ފޮނުވި ތަރުތީބު
މި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.