ads
ފޮޓޯ---
ކޮވިޑުގައި ތިން ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމަށް މެކްސިކޯ!
މިއަދު އެކަނިވެސް މެކްސިކޯ އިން 600 އަށް ވުރެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ އެވެ.

ދުނިޔޭގެ ޗާޓުން ހަވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ގައުމުގެ ގޮތުގައި އޮތް މެކްސިކޯއިން މިއަދުވެސް ވަނީ ގިނަ އަދަދެއްގެ މީހުން ބައްޔަށް ހުށައެޅިފަ އެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެކްސިކޯއިން އިތުރު 8،458 މީހަކު ވަނީ ކޮވިޑް-19 އަަށް ޕޮޒިޓިވްވެފައެވެ. އެއާއި އެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 424,637 އަށް އަރާފަ އެވެ.

މިއަދުގެ މިހާތަނަށް މެކްސިކޯއިން 688 މީހަކު އެ ބަލީގައި މަރުވެފައި ވާއިރު މަރުވި މީހުންގެ ޖުމްލަ އަދަދު އެގައުމުގައި އުޅެނީ 46,688 ގައެވެ. އެއާއެކު އެގައުމުވެގެން ގޮސްފައި މިވަނީ ކޮވިޑްގައި ތިން ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމަށެވެ.  

ކޮވިޑް-19 ޖެހިގެން 99،331 މީހަކަށް މެކްސިކޯގައި ފަރުވާދެވެމުން ދާއިރު 3985 މީހަކު އޮތީ ވަރަށް ސީރިއެސް ހާލަތެއްގައި ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ބުނެ އެވެ. އަދި އެމީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ވެންޓިލޭޓަރުގައި ކަމަށްވެސް ބުނެއެވެ.

129 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މެކްސިކޯގައި ކޮވިޑަށް ޓެސްޓު ކުރުމަށް މިހާތަނަށް 984،288 ސާމްޕަލް ނަގާފައި ވާއިރު ބަލި ޖެހޭ މީހުންގެ އިންސައްތަ އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުުންނެވެ. އެހެން ކަމުން މެކްސިކޯގެ ސަރުކާރުން މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކޮށްފައެވެ.

މެކްސިކޯގައި ކޮވިޑް-19 ޖެހި 278،618 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައެވެ. އެހެންނަމަވެސް މެކްސިކޯގައި ކޮވިޑް ޖެހި، ރަނގަޅުވާ ބައެއް މީހުން، ދެވަނަ ފަހަރަށް ވެސް ބައްޔަށް ޕޮޒިޓިވްވާކަން ވަނީ ފާހަގަކުރެވިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް