ސީއެންއެމްއަށް މައުލޫމާތު ދެމުން ނަޝީދާ ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ދެ ގެއެއްގައި ހޯމް އައިސޮލޭޝަންގައި ތިބި ދެމީހުން ކަމަށެވެ.
ޕޮޒިޓިވްވެފައި ވަނީ އަންހެނަކާއި ކުޑަ ކުއްޖެއް ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެއީ ދެ ތަނެއްގައި ދިރިއުޅޭ ބައެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ހައްޖު ދުވަހުގެ އިރުއޮއްސުނު ވަގުތުގައި ކަމަށެވެ.
ނަޝީދާ ވިދާޅުވި ގޮތުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.