އެގޮތުން ޖުލައި 23 ވަނަ ދުވަހުން ފެށިގެން ޖުލައި 29 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 464 ފަރާތެއް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެއީ:
ލޮކްޑައުނަށް ބޮޑެތި ލުއިތަކެއްދީ އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި އޮތުމުން މި ހަތްދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރެއިން ބައްޔަށް ގިނައިން ޕޮޒިޓިވް ވެފައިވަނީ ދިވެހިންނެވެ. އެގޮތުން ޖުލައި 23 ވަނަ ދުވަހުން ޖުލައި 29 ވަނަ ދުވަހާއި ދެމެދު ފެނުނު 464 ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 310 ކޭސްއަކީ ދިވެހިންނެވެ.
ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ހަތް ދުވަހުގެ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 3196 ފަރާތް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އޭގެ ތެރޭގައި ހައި ރިސްކާއި މީޑިއަމް ރިސްކްގެ 3106 ފަރާތް ފާހަގަކުރެވިފައިވާކަމަށް ވެސް އެޗްއީއޯސީ އިން މައުލޫމާތު ދީފައިވެ އެވެ.
އެޗްއީއޯސީން މީގެ ކުރިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވެފައިވަނީ އޮގަސްޓަމަހު ދުވާލަކަށް 170 އެއްހާ މީހުން ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށެވެ. އަދި އޮގަސްޓް މަހު ޖުމްލަ 2373 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 47 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ޑރ. ޝީނާ ވިދާޅުވެފައިވެ އެވެ.