ads
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހް
އިންޑިއާގެ ހޯމް މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އިންޑިއާގެ ހޯމް މިނިސްޓަރު، އަމިތް ޝާހް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި އަމިތް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވަނީ ޓްވީޓާ މެދުވެރިކޮށް ހިއްސާކުރައްވާފަ އެވެ. އަމިތް ކުރި ޓްވީޓުގައި ވިދާޅުވީ ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓްކުރުމުން ކަމަށެވެ. 

އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ހޮސްޕިޓަލުގައި އެޑްމިޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެ އެވެ. އޭނާއާއި ކޮންޓެކްޓުވި މީހުން އައިސޮލޭޓްވެ، ކޮވިޑަށް ޓެސްޓުކުރުމަށް ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ. 

އިންޑިއާގައި 1.75 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 50000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެ އެވެ. ހަލުވިކަމާއެކު އިންޑިއާގައި ކޮވިޑް ފެތުރެމުން އަންނައިރު އެގައުމު އޮތީ ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ގައުމުގެ ގޮތުގަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް